ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، އިންޓާންޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ނެރުނު އިއުލާނެއްގައި ބުނީ އޯލެވެލްގެ ހަތަރު މާއްދާއިން ފާސްވެފައިވާ ކޮންމެ މީހަކަށްވެސް އެ ކުންފުނީގައި ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

Ad
rt

އިންޓާންޝިޕްގެ ފުރުސަތު ލިބޭ މީހުންނަށް މަހަކު 7،000ރ. އާއި 8،000ރ. އާ ދެމެދުގެ އެލަވަންސެއް ލިބޭނެއެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން، sto.mv/career މެދުވެރިކޮށް އިންޓާަންޝިޕަށް އެދި ފޯމު ހުށަހެޅޭނެއެވެ. އެގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:30ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.