ކާށިދޫ ކަނޑަށް މީހަކު ވެއްޓިގެން ހޯދަންފަށައިފި އެވެ.

ފުލުހުން ވިދާޅުވީ މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން 22 އަހަރުގެ ފިރިހެނަކު ކާށިދޫ ކަނޑަށް ވެއްޓިފައިވާކަމަށެވެ.

Ad
rt

ފުލުހުން ވިދާޅުވީ މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:00 ގައި ކަމަށެވެ.

މިޒުވާނާ އަކީ ދިވެއްސެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މިމަޢުލޫމާތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ހިއްސާކޮށްފައިވާކަމަށާއި މިޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ އެ ޒުވާނާ ކަނޑަށް ވެއްޓިފައިވަނީ ކާށިދޫ އާއި 6 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

"އެމީހާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓް އަކާއި އަޅި ކުލައިގެން ޓްރެކްސުއިޓެއް"

އެމްއެންޑީއެފްއިން ނޫސްތަކަށް މަޢުލޫމާތުދެމުން ވިދާޅުވެފައިވެއެވެ.

ކަނޑަށް ވެއްޓުނު ޒުވާނާ ފަތާފައި ކާށިދޫއަށް އެރުމުން، ފުލުހުންގެ ބެލުމުގެ ދަށަށް

ކަނޑަށް ވެއްޓުނު ޒުވާނާ ފަތާފައި ކާށިދޫއަށް އެރުމުން، ފުލުހުންގެ ބެލުމުގެ ދަށަށް

މިހާދިސާގެ އިތުރުން މިއަދުވަނީ ކަނޑުމަތީގެ އިތުރު ދެހާދިސާއެއްވެސް ހިނގާފަ އެވެ. އެކަނި ބޯވަ ނަގަން ގޮސް އުޅުނު ދިވެއްސެއް ވާދޫ ކަނޑުން އޮޔާދަނިކޮށްވަނީ ސަލާމަތްކޮށްފަ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެމީހާ ސަލާމަތްކުރީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމުގައެވެ.

މާރުކޭޓު ބޭރުތޮށިމަތީ މަސްބާނަން ތިބި 2 މީހުންގެ ތެރެއިން އެކަކު ތޮށިމަތިން ބޭރަށް ވެއްޓި ނިޔާވެފަ އެވެ. މިހާދިސާގައި މޫދަށް ވެއްޓުނު މީހާ ވަނީ ސިފައިންގެ އެހީތެރިކަމާއެކު މޫދުން ނަގާ، ސީޕީއާރ ދީ، ޕޮލިހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލް އަށް ގެންގޮސްފައެވެ.

"ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެކެވެ. ވީމާ ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަން"

އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ދަންނަވާފައެވެ.