މުޅި ހަރަމްފުޅު ބޭނުން ކުރެވޭ ގޮތަަށް ހުޅުވާލައިފިއެވެ.

މިގޮތުން އޮކްޓޫބަރު މަހުގެ 17 އިން ފެށިގެން ހަރަމްފުޅުގެ ޖާގައިގެ 100 އިންސައްތަ ބޭނުންކުރެވޭ ގޮތަށް ބަދަން ސައުދީގެ ސަރުކާރުން ވަނީ ނިންމާފައެވެ.

Ad
rt

ނަމަވެސް ކޮވިޑް 19 ގެ ޤަވައިދުތަކާއި އެކު ހަރަމްފުޅުގެ ތެރޭގައި އުޅުމަށް ވަނީ ޤަވައިދުތަކެއް ހެދިފައެވެ.

ހަރަމްފުޅާއި އެކު މަސްޖިދުލް ނަބަވީވެސްވަނީ އެންމެނަށް ބޭނުން ކުރެވޭނެހެން ހުޅުވާލާފައެވެ.

އެގޮތުން 12 އަހަރުން މަތީގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިސްކިތަށާއި ހަރަމްފުޅަށް ވަނުމުގެ ހުއްދަވަނީ ދީފައެވެ. އަދި މާސްކް އެޅުމަށް އަބަދުވެސް ހަނދާންކުރުމަށް އަންގާފައިވެއެވެ.

ނަމަވެސް އުމްރާވުމަށް ހުއްދައަށް އެދެންޖެހޭކަމަށް ޤަވައިދުގައި ބުނެފައިވެއެވެ.

މީގެ ކުރިން. ސައޫދީގެ މިނިސްޓްރީ އޮފް ހަޖް އެންޑް އުމްރާއިން އުމްރާވުމަށް މައްކާގެ ހަރަމްފުޅަށާއި މަސްޖިދުލް ނަބަވީ ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ މަހަކު 3 މިލިއަން މީހުންނަށެވެ. އަދި މިސްކިތަށް ނަމާދުކުރުމަށް ހުއްދަ ދީފައިވަނީ ދުވާލަކު 60،000 މީހުންނަށެވެ.