ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ހާމަކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިން ކަމަށެވެ.

Ad
rt

މިކަން ހާމަކުރައްވަމުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅު، ބުދަ ދުވަހުން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި، ފޮރެންސިކު ޑިޕާޓްމަންޓާއި، ރ. އަތޮޅު ޕޮލިސް ސްޓޭޝަންއާއި އަދި އިންޓެލިޖެންސް ޓީމްތައް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފާވާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި ދެ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ވިދާޅުވިއެވެ.

އެ އޮޕަރޭޝަނަށް ދިވެހި ސިފައިންނާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން އެހީތެރިވެދިން ކަމަށް ޕޮލިސް ކޮމިޝަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި މިވަނީ އިއްޔެގެ ވަގުތެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނިކޮށެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ހޯދައި، އެތަކެތި ދައުރުކުރާ ނެޓްވޯކް ތަކުގެ މީހުން ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.