އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ދިވެހި ރާއްޖެ ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާއި ދެކޮޅަށް ނުކުންނައިރު މުޅި ޤައުމުވެސް މިހާރު އޮތީ ޤައުމީ ކުލަތަކުން ޖަރީވެފައެވެ.
ކުރިން ރާއްޖެ ކުޅުނު މެޗްތަކުގައި ވެސް 12 ވަނަ ކުޅުންތެރިޔާ ގޮތުގައި ދިވެހި ސަޕޯޓަރުން އަންނަނީ އެ ސަޕޯޓަރުންގެ ހިތުގައި ޤައުމަށް އޮތްލޯބި ބަންޑުންކޮށްލައި، ޓީމަށް ހިތްވަރު ދިނުމުގައި ނަމޫނާ ދައްކަމުންނެވެ.
މުޅިރާއްޖެ ޤައުމީވެފައި އޮތް މި ތަންވަޅުގައި ރާއްޖޭގެ އެހެން ރަށްތެކެކޭ އެއްބީދައަކުން ރާއްޖޭގެ އެންމެ އުތުރުން ބޮޑުތިލަދުންމަތީގެ ހއ. ހދ. އަދި ށ. އަތޮޅުގެ ރައްތަކުން ވެސް ނިކަން ޖޯޝާއެކު ދަނީ ޤައުމީ ޓީމާއެކު ތިބިކަން ދައްކުވައި ދެމުންނެވެ.
ހއ. ހޯރަފުށިން: ހޯރަފުށީ ސިއްހީ މަރުކަޒުގެ މުވައްޒަފުން ޤައުމީ ޓީމާއެކު،

އެހެންކަމުން ބައެއް ރަށްރަށުން ޤައުމީ ޖޯޝްގައި، ޤައުމީޓީމާއެކު ތިބިކަން ދައްކާލުމަށް ހިންގުން ހަރަކާތްތަކުގެ ބައެއް ފޮޓޯތައް މިތާ ހިމަނާލާނަމެވެ.
ހއ. ތުރާކުނުން: ތުރާކުނު ސްކޫލްގެ މުވައްޒަފުން ޤައުމީ ޓީމާއެކު،

ހއ. އިހަވަންދޫން: އިހަވަންދޫ ސްކޫލްގެ މުވައްޒަފުން ޤައުމީ ޓީމާއެކު،

ހއ. މާރަންދޫން: މާރަންދޫ ކައުންސިލް މެންބަރުންނާއި، ކައުންސިލް މުވައްޒަފުން މުވައްޒަފުން ޤައުމީ ޓީމާއެކު،

ހދ. ހަނިމާދޫން: ހަނިމާދޫ ސްކޫލްގެ މުވައްޒަފުން ޤައުމީ ޓީމާއެކު،

ހދ. ނޮޅިވަރަންފަރުން: ނޮޅިވަރަންފަރު ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކައުންސިލްގެ މުވައްޒަފުން ޤައުމީ ޓީމާއެކު،

ހދ. ކުޅުދުއްފުށީ ސިޓީން: ޖަލާލުއްދީން ސްކޫލް ޤައުމީ ޓީމާއެކު،

ހދ. މަކުނުދޫން: މަކުނުދޫ ކައުންސިލް ޤައުމީ ޓީމާއެކު،

ށ. އަތޮޅު ކައުންސިލް ޤައުމީ ޓީމާއެކު،

ށ. ފުނަދޫން: ފުނަދޫ ސްކޫލް ޤައުމީ ޓީމާއެކު،

ށ. ބިލެތްފަހިން: ބިލެތްފަހީ ސިއްހީ މަރުކަޒު ޤައުމީ ޓީމާއެކު،

ސަރައްދީ މުބާރާތުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފައިވާ އިންޑިއާއާއި ދެކޮޅަށް މިރޭ ރާއްޖެ ނުކުންނައިރު، ރާއްޖެ ވެސް ވަނީ މި މުބާރާތުގެ ތަށި 2 ފަހަރަކު އުފުލާލާފައެވެ.
ޤައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދިވެހި ޓީމުގެ ބުންވަރާއި، ފަންވަރުން އަންނަނީ މުޅި ދިވެހި ޤައުމު ހިނިތުން ކުރުވަމުންނެވެ. 12 ވަނަ ކުޅުންތެރިޔާ، ދިވެހި ސަޕޯޓަރުންގެ ހިތްވަރު ދިނުމާއެކު ދިވެހި ޓީމުން ކުޅެމުން އަންނަ މޮޅު ކުޅުމުން މިރޭ އިންޑިއާގެ މައްޗަށް ފަޚުރުވެރި މޮޅެއް ހޯދުމަކީ ހުރިހާ ދިވެހިންގެ ވެސް ދުޢާއެވެ.
ރާއްޖޭގެ ގައުމީ ޓީމު އިންޑިއާއާއި ބައްދަލުކުރާ މެޗް ފެށޭނީ މިރޭ 9:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!