ސައިކަލެއްގައި އިން މީހެއްގެ އަތް ދަބަސް ފޭރިގަތް 2 މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
އެ ދެ މީހުން ފޭރިގަނެފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ލިލީމަގުން ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ އަތް ދަބެހެވެ.
ފުލުހުން މިއަދު ވަނީ ދަބަސް ފޭރިގަންނަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. މި ވީޑިއޯގައި އަތް ދަބަހުގެ ވެރިފަރާތް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުން އެ 2 މީހުން އައިސް ދަބަސް ޖަހައިގަންނަ މަންޒަރު ފެނެއެވެ.
ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހުންނަކީ ފަހަތުންއައިސް އަތް ދަބަސް ފޭރިފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ ބައެއް ކަމަށެވެ.
މާލޭ މަގުމަތިން އަތްދަބަހެއް ފޭރުނު މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަނީ
މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެން.https://t.co/yXr9oZBuMG pic.twitter.com/GTi53wV0zD
— Maldives Police (@PoliceMv) October 11, 2021
އެހެންނަމަވެސް، އެއީ ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ ބައެއްކަމަށް އެ އިދާރާއިން ވިދާޅުވި އެވެ.
"މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ވަނީ އެނގިފަ " ފުލުހުން ވިދާޅުވި އެވެ.
މި 2 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައްސަލައިގެ އިންސިޑެންޓް ނަންބަރު 490169 އާއި އެކު، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!