ހއ. ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ކެލާގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް އަމަލީކޮށް ފައްޓަވައި ދެއްވީ ކެލާ ދާއިރާއިގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) އާއި، ކެލާ ކައުންސިލްގެ މެންބަރުންނެވެ.

Ad
rt

މި މަސައްކަތް 4 މަސް ދުވަހުން ނިންމާގޮތައް ހަވާލުކޮށްފައި ވަނީ ރަފް ކޮންސްޓްރަކްޝަންއާއެވެ.

ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް "ތިލަދުން"އަށް ވިދާޅުވީ، ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ނިމޭއިރު އެތަނާއެކު ފިހާރަކާއި، ކެފޭ އެއްވެސް ހެދިގެން ދާނެ ކަމަށެވެ.

މި ރޮސްޓްރަމްގައި އިތުރަށް އެކުލެވިގެން ވަނީ ސިޑި ބަރީގެ އިތުރުން ދެ ޓީމްގެ ޗޭޖިން ރޫމާއި، ފާޚާނާއެވެ.

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކުރުމުގެ މަސައްކަތް ފެށިއިރު، ކެލާއަކީ ހުނަރުވެރި ފުޓްބޯޅަކުޅޭ ޒުވާނުންތަކެއް ތިބި ރަށެކެވެ.