ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ކެތިއަރާއިން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ކެތިއަރާ މަސްރޭސް 2021" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ މުބާރާތް ވެސް ވަނީ ދެ ޖިންސައް ހުޅުވާލާފައެވެ. ކަނބަލުންގެ މަސްރޭސް 15 އޮކްޓޯބަރ 2021 ގައި ބޭއްވުމަށް ރާވާފައިވާއިރު، ފިރިހެނުންނަށް ހާއްސަ މަސްރޭސް ބޭއްވުމަށް ރާވާފައި ވަނީ 16 އޮކްޓޯބަރ 2021 ގައެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުގެ 18:00 އެވެ.

މި މުބާރާތުގައި ބައެއް ބާވަތްތަކުގެ މަސް ބޭނުން ވަނީ މަނާކޮށްފައެވެ. މިގޮތުން ކޯމަހާއި، މިޔަރު، މަޑި، ވެން، ފަދަ މަސްތައް ބޭނުން މަނާކޮށްފައިވާއިރު، އެފަދަ މަހެއް ބޭނިއްޖެނަމަ ދޫކޮށްލަން ވާނެކަމުގައި މަސް ރޭހުގެ ޤަވާއިދުގައި ބުނެފައިވެއެވެ. މީގެއިތުރުން ދިރޭއެން ޖަހައިގެންނާއި ދޮށި އަޅައިގެންނާއި ދިއްލައިގެން އެންއަރުވައިގެން މަސްވެރިކަން ކުރުން ވެސް މި މަސްރޭހުގައި ވަނީ މަނާކޮށްފައެވެ. ނަމަވެސް ރީލު ދޮށި އުކައިގެންނާއި ޖިގް ކޮށްގެން މަސްވެރިކަން ކުރުން ވަނީ ހުއްދަ ކޮށްފައެވެ.

މި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު ވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ ބާނާ މަހުގެ ބަރުދަނަށް ބަލައިގެންނެވެ. މީގެއިތުރުން އެންމެ ބޮޑު މަހާއި އެންމެ ބަރުމަސް ބާނާ ފަރާތެއްގެ އިތުރުން އެންމެ ގިނަމަސް ބާނާ ޓީމެއް ވެސް ވަނީ ހޮވުމަށް ހަމަޖެހިފައެވެ.

މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ނަމްބަރުތަކަށް ގުޅުމަށް އެ ޖަމްޢިއްޔާއިން ވަނީ އެދިލައްވާފައެވެ. (9977908، 7692878، 7456007، 7572743)

މި މުބާރާތުގައި ޓީމް ބައިވެރި ކުރުމަށް ބޭނުންވާ ފޯމް ފުރިހަމަ ކުރެއްވުމަށާއި މުބާރާތުގެ ޤަވާއިދު ޑައުންލޯޑް ކުރެއްވުމަށް ތިރީގައި ހިމެނިފައިވާ ލިންކަށް ފިއްތާލައްވާށެވެ.