ހުމާއި، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ފެންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ އޯ.ޕީ.ޑީ އެއް އޭޑީކޭ ހޮސްޕިޓަލްގައި ގާއިމުކޮށްފިއެވެ.
މިއަލާމާތްތައް ފެންނަ ފަރާތްތަކުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމުގައި މި ޖެނެރަލް އޯ.ޕީ.ޑީ ބޭނުން ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ޖެނެރަލް އޯ.ޕީ.ޑީގެ ޙިދުމަތް ލިބޭނީ އެޑީކޭ ހެލްތް ސެންޓަރު ބިލްޑިންގއިންކަމަށް އެހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އޯ.ޕީ.ޑީގެ ޙިދުމަތް ދެމުންދާނެކަމަށާއި، މިގޮތަށް ހުމުގެ ޖެނެރަލް އޯ.ޕީ.ޑީއެއް ގާއިމްކުރީ މިހާރަކަށް އައިސް އަރިދަފުސް ރޯގާއާއި ވައިރަލް ހުން އިތުރުވަމުން އަންނަމުންދާތީ އެމެޖެންސީ ރޫމާއި ޖެނެރަލް އޯ.ޕީ.ޑީ ޑިޕާޓްމަންޓް ތޮއްޖެހުން މަދުކުރުމަށްކަމަށް އޭޑީކޭއިން ބުނެއެވެ.
ހުމާއި، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ފެންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ އޯ.ޕީ.ޑީ އެއް އޭޑީކޭ ހޮސްޕިޓަލްގައި ގާއިމު ކުރިއިރު ހުންއައިސް، ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުން ޑޮކްޓަރަށް ދައްކަން ހާއްސަކޮށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ.
އެ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން ރޭގަނޑު 10:00އަށް ހިދުމަތް ދެއެވެ. އެތަން ހުޅުވާފައި ހުރީ އެފްއޭއެމްގެ ކުރީގެ އިމާރާތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!