ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލާން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެރަށް ގެންގޮސްފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި ޕްރޮޖެކްޓް ސައިޓަށް މި ޝިޕްމެންޓް ގެންގޮސްފައިވަނީ އަންގާރަ ދުވަހުއެވެ.

Ad
rt

މި މަޝްރޫގެ ދަށުން 24،125 ކިއުބިކް މީޓަރރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެއިތުރުން 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.