އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. އިހަވަންދޫ ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން މުހައްމަދު މިސްބާހު ކާމިޔާބު ކުރައްވައިފި އެވެ.

މިސްބާހް މިމަޤާމް ކާމިޔާބުކޮށްފައިވަނީ ޢަބްދުﷲ ޙުސައިންއާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން މިސްބާހް 573 ވޯޓް ހޯދާފައިވާއިރު ޢަބްދުﷲ ޙުސައިން އަށް ލިބިފައިވަނީ 280 ވޯޓެވެ. މިދެ ކެނޑިޑޭޓުންގެ ވޯޓްގެ ފަރަގަކީ 293 ވޯޓެވެ. އިހަވަންދޫ ދާއިރާގައި 4 ވޮޓުފޮއްޓެއް ބަހައްޓާފައިވާއިރު ޖުމްލަ 6 ވޯޓެއް ބާތިލުވެފައިވެއެވެ.

Ad
rt

އިހަވަންދޫ ދާއިރާގެ އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ 1626 މީހުންގެ ތެރެއިން ވޯޓް ލާފައިވަނީ 859 މީހުންނެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.