މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަމަށް މޭޔަރު އާތިފްއާއި ވާދަކުރެއްވީ ހުސައިން މުހައްމަދެވެ.

Ad
rt

އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރެއްވިއިރު މާލޭ ސިޓީގެ ރައީސްކަން ކާމިޔާބު ކުރެއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެއްވި ސަރުކާރުގެ އިސްބައެއް ބޭފުޅުންވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އޭގެ ތެރޭގައި ގަމު ދާއިރާއަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި، މެދު ދެކުނު ޕްރޮވިސްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާއި، އަލިފުށީ ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އާއި، އަދި މެދު އުތުރު ޕްރޮވިންސް ރައީސްކަމަށް ވާދަކުރެއްވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ކުރިމަތިލެއްވި މަގާމުތަށް ކާމިޔާބު ކުރަށްވާފައެވެ. މިގޮތުން މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ކާމިޔާބު ހޯއްދެވިއިރު، ގައްދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ކާމިޔާބު ހޯއްދަވާފައެވެ. އަދި ބިލެތްދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވެސް ވަނީ ކާމިޔާބު ހޯއްދަވާފައެވެ.