ކޯވިޑް 19 ބަލީގައި ރާއްޖެއިން 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ.

Ad
rt

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 230 އަށް އަރާފައެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށްވެފައިވާއިރު، މިބަލީގައި ރާއްޖެއިން މީހުން ނިޔާވަމުން އަންނަ މިންވަރުވެސް ދަށްވެފައިވާކަން އެޗް.ޕީ.އޭއިން ވަނީ ހާމަކޮށްފައެވެ.

މިބަލިން ރައްކާތެރިވުމަށް މިހާތަނަށް ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދަ ވަނީ މިހާރު 391،309 އަށް އަރާފައެވެ. އަދި 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 333،662 އަރާފައެވެ.

ވެރިރަށް މާލޭގައި ކޯވިޑްގެ ޕޮޒިޓިވް ނަންބަރު ދަށްވި ނަމަވެސް، އަތޮޅުތެރޭން އަދިވެސް އިތުރު ރަށްރަށުން މި ބަލި ދަނީ ފެންނަމުންނެވެ.