ސްޕޭންގެ ރަށް ބޭރުގައި އޮންނަ ލަ ޕާމާ ކިޔާ ރަށުގައި އަލިފާން ފަރުބަދައެއް ގޮވައި 5000 ހެއްހާ މީހުންގެ ގެދޮރަށް ގެއްލުންވެ ހާލުގައި ޖެހިއްޖެއެވެ.
އަލިފާން ފަރުބަދަ ގޮވި ބާރުމިނުގައި ވިއްސައިގެން ދިޔަ ބޮޑެތި އަލިފާން ގަނޑުތައް މީހުން ދިރިއުޅޭ ގެތަކުގެ މައްޗަށް ވެއްޓެމުން އަންނަކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފަވެއެވެ.
އެހިސާބުގައި ގިނަ އަދަދަކަށް އަލިފާން ފަރުބަތައް ގޮވަމުން އަންނަކަމަށާއި 5000 އެއްހާ މީހުން ހާލިގައި ޖެހި ރައްކާތެރި ހިސާބުތަކަށް ގެންސިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކެނެރީ އައިލެންޑްސްގެ ރައީސާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
އެފްރިކާގެ ހުޅަނގުގައި އޮންނަ ލަ ޕާމާ ރަށަކީ ގިނަ އަދަދެއްގެ އަލިފާން ފަރިބަދަތައް އެކުލެވިގެންވާ ރަށެއްކަމަށާއި، މިއީ 85،000 މީހުންގެ އާބާދީއެއް އޮންނަ ރަށެއްކަމަށް އެ ރަށުގެ ރައީސް މަރިއާނޯ ހެނާންޑޭޒް ވަނީ ހާމަކޮށްފައެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެގެން ރިޕޯޓްކޮށްފައި ނުވާކަމަށާއި އެއްވެސް މީހަކު މަރުވެފައިވެސް ނުވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ރަށުގައި އެންމެ ފަހުން މިގޮތަށް އަލިފާން ފަރުބަދަތަކެއް ގޮވާފައިވަނީ 1971 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!