ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 15 ގައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މިއީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއަކީ ސަރުކާރުގެ ތަރައްގީގެ ބިޔަ އެންމެ ގިނަ މަޝްރޫޢުތައް ހިންގާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިންދަނީ ބިން ހިއްކުމާއި، އެއާޕޯޓްތައް ތަރައްގީ ކުރުމާއި، ބަނދަރުތައް ހެދުމާއި، މަގު ހެދުމާއި، ސަރުކާރުގެ ފެސިލިޓީތައް އިމާރާތް ކުރުންފަދަ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

އެމްޓީސީސީން ދަނީ އެ ކުންފުނިން ހަވާލުވާ މަޝްރޫޢުތައް ކާމިޔާބުކަމާއި، އިތުބާރާއެކު ނިންމަމުންނެވެ.