ބަކާ އާއި އިރޭ ބާކީކުރީ ނުރަނގަޅު ނުފޫޒުގެ ސަބަބުން، އެކަން ކުއްވެރިކުރަން: ދިއްދޫ ބީ.އެކްސް ސްޕޯރޓްސް

Bakaa irey

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އަދި މުޙައްމަދު އިރުފާން (އިރޭ) ކުރިޔަށް އޮތް ސާފް ޗެމްޕިއަންސިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ސްކޮޑުން ބާކީ ކޮށްލާފައިވަނީ އޭގެ ފަހަތުގައި ނުރަނގަޅު ނުފޫޒުތަކެއެއްގެ ސަބަބުން ކަމަށް ބުނެ ހއ. ދިއްދޫ އަށް ނިސްބަތްވާ ބީ އެކްސް ސްޕޯރޓްސް ކުލަބުން އެކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކޮށްފިއެވެ.

އެ ކްލަބުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދެކުޅުންތެރިން ދިވެހި ޤައުމީ ޚިދުމަތުގައި ފަރުވާތެރިކަމާއި އަދި ވަރަށް ހިތްވަރާއެކު ކެރިގެން ކުރިއަށްދާންހުރި ވަގުތުގައި އެފަދަ އަމަލެއް ދިވެހި ފުޓްބޯޅައިގެ ތަޖްރިބާހުރި ބޭފުޅުންގެ ފަރާތުން ފެނުމަކީ އެއްވެސް ގޮތެއްގައި އެ ކުލަބުން ގަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ.

އަދި މިފަދަ ކަންކަމަކީ ފުޓު ބޯޅައިގެ ރޮނގުން ޤައުމަށް ހިދުމަތްކުރަން ނުކުންނަން ތިބި ޅަޒުވާން ޖީލަށް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފާވެއެވެ.

ބަކާ އަކީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީޙްގައި ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީގައި 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު އެންމެ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކުޅުންތެރިޔާކަމަށާއި އަދި އިރޭ އަކީ 2018 ވަނަ އަހަރު ދިވެހި ޤައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށް ރާއްޖޭގެ ފުޓްބޯޅައިގެ ފަހުރުވެރި ކާމިޔާބީގައި އެންމެ މުހިންމު ހިއްސާދާރު ކަމަށްވެސް އެ ނޫސްބަޔާނުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، އެ ދެ ކުޅުންތެރިން ބާކީކޮށް ދިވެހި ޤައުމީޓީމު މިވަގުތު ރާއްޖެ ތަމްސީލުކުރުމަކީ ދިވެހި ފުޓްބޯޅައަށް ކުރާ ބޮޑު މަންފާތެއްކަމަށްވެސް އެ ކްލަބުން ފާހަގަކުރިއެވެ.

" ވަކި ބައެއްގެ މަޤާމް ނުފޫޒުން ދިވެހި ފުޓްބޯޅައަށް މިކަހަލަ ގެއްލުން ދިނުމަކީ ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް ދިވެހި ދައުލަތުން މުތިކޮށްފައިވާ ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުންތެރިކަމެއް ނެތްކަމުގެ ފުރިހަލަ ދަލީލެކެވެ."

ބީ.އެކްސް ސްޕޯރޓްސް ކްލަބުގެ ބަޔާނުގައި ބުނެފާވެއެވެ.

ބަކާ އަދި އިރޭގެ ޙިދުމަތް ދިވެހި ފުޓްބޯޅައަށް އަބަދުވެސް ލިބެމުން ދިއައީ "ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލައި، ތިމާ ޤައުމަށް ކޮށްދެވެނީ ކޮންކަމެއްތޯ ބަލާ އުސޫލުން" ކަމަށްވެސް އެ ކްލަބުން ބުންޔެވެ.

އަދި މިފަދަ ނުބައި އަމަލުތަކުންނާއި ނުބައި ނުފޫޒުތަކުން މިންޖުވެފައިވާ ދިވެހި ޓީމެއް އެކުލަވާލައި ކުރިޔަށް އޮތް ސާފް ޗެމްޕިއަންސިޕްގައި ދިވެހި ޤައުމު ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ދިވެހި ޤައުމީ ޕްޓްބޯޅަ ޓީމަށް ލިބުމަށް އެދޭކަމަށް ބީއެކްސް ސްޕޯރޓްސްކުލަބުން ބުނެފާވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *