ރ. މީދޫގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި

IMG_20210915_094640_682

ރ. މީދޫގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިމާރާތްކުރާ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ.

އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލުގެ މެންބަރުންނާއި، ސަރުކާރުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސައީދު ވަނީ އެ ރަށުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކޮށްފައެވެ. އެގޮތުން، އެ ރަށަށް 800 ކިލޯވޮޓުގެ އާ ޖެނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީދޫގައި އިމާރާތްކުރާ އާ އޮފީހުގައި މީޓިން ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ލޮބީ، ރިސެޕްޝަން، މެނޭޖަރުގެ ކޮޓަރީގެ އިތުރުން ސްޓޯ ރޫމާއި ރެސްޓް ރޫމްތައް ހުންނާނެއެވެ.

މީގެ އިތުރުން މި އޮފީސް ބިނާ ކުރުމުގައި، މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކުރުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *