ހދ. ނޮޅިވަންފަރުން އިތުރު 5 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
އަލަށް ޕޮޒިޓިވްވި 5 މީހުންނަކީ އިއްޔެ އެރަށުން ނެގުނު 63 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.
ނޮޅިވަރަންފަރުން އިއްޔެގެ ނިލަށް 734 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 31 ސާމްޕަލެއް ޕޮޒިޓިވްވިއިރު، އެކަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެހެންކަމުން މިވަގުތު އެރަށުން ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 30 އެވެ.
ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދިޔަނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މިމަހުގެ 9 ވަނަ ދުވަހުގެ 15:29 އިން ފެށިގެން އެރަށް އާންމު ހާލަތަށް ގެނަސްފައެވެ.
ނަމަވެސް އެޗްޕީއޭގެ އެ ނިންމުން އައީ ނޮޅިވަރަންފަރުގެ ކޯވިޑް ޓާސްކް ފޯހާއިވެސް، ކައުންސިލާ ވެސް އަދި ސިއްހީ މަރުކަޒާވެސް އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށްވުމުން، އެފަރާތްތަކަށް މި ނިންމުމުން ޝޮކެއް ލިބުނުކަމަށް ވަނީ ބުނެފައެވެ. އަދި މޮނިޓަރިން އުވާލި ނަމަވެސް ރަށުގެ ހާލަތު ރަނގަޅުކަން ކަށަވަރުވަންދެން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެރަށު ޓާސްކް ފޯހުން ވަނީ ނިންމާ އެކަން ރައްޔިތުންނަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!