އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މާސްގެ ބިމުން ނަގާފައިވާ ހިލަތަކުގެ ތަހުލީލުތައް ދައްކާ ގޮތުން އޭލިއަނުން އެ ބިމުގައި އުޅެފައިވާކަމުގެ ހެކިތައް ފެނިފައިވާކަމަށް ބުނެފި އެވެ.
މާސްއަށް ޕާސްވިއެރެންސާ އެކު ފޮނުވި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިލަ ނަގާފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ. މިހިލަތަށް އިތުރަށް ތަޙްލީލު ކުރުމަށް ދުނިޔެއަށް ގެނައުމަށް އަދި 10 ވަރަކަށް އަހަރު ނަގާނެކަމަށް ނާސާއިން ބުނެއެވެ.
މާސްއިން ގެނައި ހިލަތަކުގެ ތަހުލީލްތައް ދައްކާ ގޮތުންނަމަ، އެޕްލެނެޓްގައި މީގެ ކުރިން އޭލިއަނުން ނުވަތަ ދިރުމެއް ހުރިކަމަށް ދައްކާކަމަށް ބުނެފައި ވެއެވެ.
މާސްގެ ބިންގަނޑު ތޮރުފައިގެން ނަގާފައިވާ މިހިލަތަކުން އެތަނުގެ ބިމުގެ ފެނުގައި ލޮނުގެ އަސަރު ކޮންމެސް ވަރަކަށް ހުރިކަމަށް ހާމަކޮށްފައިވެއެވެ.
ސައިންސްވެރިންގެ ތަޙުލީލްތައް ދައްކާ ގޮތުގައި މާސްގެ ބިމަކީވެސް ދުނިޔޭގެ ބިމާއި އެއްގޮތް ކަންތައްތަކެއް އެކުލެވިގެންވާ ޕްލެނެޓެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ޖަޒީރޯ ވަޅުގަނޑުން ހިލަނަގައި ދިރާސާކޮށްފައިމިވަނީ އެތަނުގައި ކުރީގައި ކޯރެއް އޮތްކަމަށް ބެލެވޭތީ އެވެ. އަދި ނާސާގެ މައިގަނޑު މަޤްޞަދަކީ އެތަން ފުނަށްކޮނެ، ކިސަނޑުގަނޑުން ސާންޕަލްނަގައި އެކޯރުގެ އަސްލު ނުވަތަ އެތަނުގައި ކޯރެއް އުފެދުނު ގޮތް ދިރާސާކޮށް އެތަނުގައި ދިރުން ވޭތޯ ބެލުންކަމުގައި ބުނެފައިވެއެވެ.
އެވަޅުގަނޑަކީ ކުޅިއެއް ނުވަތަ ކޯރެއް އޮތްތަނެއްކަން ޔަޤީންވާކަމަށާއި، ނަމަވެސް މިއީ ކިހާ ޒަމާނެއްވެފައިވާ ތަނެއްކަމަށް އަދިވެސް ތަހުލީލުތަކުން ދެނެގަނެވިފައިނުވާކަމަށް ސައިންސްވެރިންބުނެއެވެ. އަދި ސައިންސްވެރިން ބުނާ ގޮތުގައި އެކޯރަކީ ނުވަތަ އެކުޅިއަކީ 50 ހަކަށް އަހަރުތެރޭ އެއްކޮށް ހިކިފައިވާ ތަނެއްކަމަށް ލަފާކުރެވޭކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!