ތާލިބާނުން އަފްގާނިސްތާނުގެ އަންހެން ދަރިވަރުންނަށް އައު ގަވާޢިދުތަކެއް ހަދައިފި

_120523500_kabuluni

ތާލިބާނުން އަފްގާނިސްތާނުގެ އަންހެން ދަރިވަރުންނަށް އައު ޤަވާޢިދުތަކެއް ހަދައިފިއެވެ.

މިގޮތުން ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެނެސް އަންހެން އަދި ފިރިހެން ދަރިވަރުން ވަކިކުރުމަށް ތާލިބާނުން ވަނީ ކަނޑައަޅާފައެވެ.

އަދި ކިޔަވައިދޭ އޮނިގަނޑަށް ބަދަލްތަކެއް ގެނައުމަށް ކަނޑައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަބްދުލް ބާޤީ އައްޤާނީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ތާލިބާނުން އަފްގާނިސްތާން ހިފައި، 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށް އަންހެނުންނާއި އަންހެން ކުދިންވަނީ ސްކޫލްތަކަށް ދިއުން ހުއްޓުވާފައެވެ. ނަމަވެސް މިފަހަރު ތާލިބާނުން ބުނަނީ އަންހެނުން ސްކޫލަށް ދިއުމުން މަހުރޫމު ނުކުރާނެކަމަށާއި، އެހެން ނަމަވެސް އަފްގާނިސްތާނުގެ ހާލަތު ހަމައަކަށް އެޅެންދެކަށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ފިޔަވައި އެހެން އެއްވެސް ތަނެއްގައި މަސައްކަތް ކުރަމުން އަންނަ އަންހެންވެރިން މަސައްކަތު ނުދިއުމަށް އެ ޖަމާއަތުން ވަނީ އެދިފައެވެ.

މިނިންމުން އެ ގައުމުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން އިޢުލާންކޮށްފައިމިވަނީ އަފްގާނިސްތާނުގައި އަލަށް އެކުލަވާލެވުނު ސަރުކާރާއި ގުޅި ތާލިބާނުންގެ ދިދަ އަފްގާނިސްތާނުގެ ރައީސުންގެ ގަނޑުވަރުގައި ނެގުމަށްފަހުގައިކަމަށް ޚަބަރުތައްބުނެއެވެ.

ތާލިބާނުން އަފްގާނިސްތާން ހިފާފައިވަނީ ނިމިދިޔަ އޮގަސްޓްމަހުގައެވެ. މީގެ ކުރިން އަފްގާނިސްތާނުގެ ސްކޫލްތަކުގައިވެސް ކިޔަވައިދެމުން ގެންގޮސްފައިވަނީ ދެޖިންސު މަސްހުނިކޮށްގެންކަން ފާހަގަކޮށްލަންޖެހެއެވެ. ތާލިބާނުން ކަނޑައަޅާފައިވާ ގޮތަށް ދެޖިންސު ވަކި ކޮށްގެން ކިޔަވައިދިނުމަކީ މައްސަލައެއްނޫންކަމަށާއި މިކަމާއި ދެކޮޅު ނުހަދާކަމަށް މިނިސްޓަރ ހައްޤާނީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން އަންހެނުންނަށް ކިޔަވަން ދިއުމަށް ހުރަސްތަކެއްކުރިމަތިވާނެކަމަށާއި، ސްކޫލްތަކުގައި އަންހެން މުދައްރިސުން މަދުކަމާއި ކްލާސްރޫމްތައްވެސް މަދުކަން އާންމުން ވަނީ ފާހަގަކޯށްފައެވެ. އެހެން ކަމުން ދެޖިންސު ވަކިކޮށްގެން ކިޔަވައިދިނުމަށް ބޭނުންވާ ވަރުގެ ޤާބިލްކަމެއް ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

އަންހެނުންނާއި އަންހެން ކުދިން ސްކޫލްއައި ޔުނިވަރސިޓީތަކަށް ދާއިރު ބުރުގާ އެޅުމަށް ވެސް ވަނީ އަންގާފައެވެ. ނަމަވެސް މޫނު ނިވާކުރަންޖެހޭކަމެއް ކަނޑައެޅިގެން މިނިސްޓްރީއިން ހާމަކޮށްފައިނުވާކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން ޤައުމުތަކާއި ޚިލާފަށް އިސްލާމީ ތާރީޚްތަކާއި ޤައުމީވަންތަ އަދި އިސްލާމްދީނުގެ ކަންކަން އުނގަންނައިދެވޭނެ ފަދަ ގޮތަކަށް ކަރިކިއުލަމްތައް އަލުން އެކުލަވާލުމަށްވެސް ތާލިބާނުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީއާއި އެކު މަޝްވަރާކުރަމުންނެވެ. މިކަންކަމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާފައިވާ ބައްދަލުވުމުގައި 100 އަށްވުރެ ގިނަ އަންހެނުން ތާލިބާންގެ ކުޑަ ދިދަތަކެއް ހިފައިގެން ކަޅު ހެދުން ލައި މޫނު އަޅައިގެން ތިބެ ވަނީ އަންހެނުންގެ ހައްޤުތަކާއި ބެހޭގޮތުން އަޑުއުފުލާފައެވެ.

2001 ވަނަ އަހަރު ތާލިބާނުން އަފްގާނިސްތާނުން ފޭބުމާއި ގުޅިގެން އަންހެނުންނަށާއި އަންހެން ކުދިންނަށް ތަޢުލީމީ ދާއިރާގައި ގިނަ ކުރިއެރުންތަކެއްވަނީ ލިބިފައެވެ. ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން (ޔޫ.އެން.އީ.އެސް.ސީ.އޯ) އިން ހަދާފައިވާ ދިރާސާއަށް ބަލާއިރު، ތާލިބާނުން އަފްގާނިސްތާން ދޫކޮށްދިއުމާއި ހަމައިން، އެޤައުމުގެ އަންހެން ދަރިވަރުންގެ ނިސްބަތް ސުމަކުން، 2.5 މިލިއަނަށް 17 އަހަރުގެ ތެރޭގައި އިތުރުވެފައިވާކަމަށެވެ.

ތާލިބާނުން އަފްގާނިސްތާން ހިފުމާއި ގުޅިގެން އަންހެނުނަށް ދަތިކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާނެކަމަށް ބުނެ ވަރަށް ގިނަ އަދަދެއްގެ އަންހެނުން ވަނީ އަފްގާނިސްތާނު ދޫކޮށް ހިޖުރަކޮށްފައެވެ. އަދި މީގެ ތެރޭގައި މަޝްހޫރު ބައެއް ފަންނާނުންވެސް ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިގއުމުގަ ހުރިހާކަމެތް މިހުންނަނީ ފާހިސްކަންކަަމަށް މަގުފަހިވާގޮތައް ދެން އިރުކޮޅަކުން 18 އަހަރުން ކުއްޖަކު ބަލިވެއިންދެއްޖޭ ބުނީމަ ކަމަކުނުދާނެ ފިހާރަ ތަކުގަވެސް އިސްތިހަރު ކުރަން ބަހައްޓާފަ ހުންނަ ބުދުގަވެސް ހުންނީ ނިވަކަން ކުޑައެތްޗެހި ލައްވާފަ ޑިސްޕުލޭ ކުރަންބަހައްޓާފަ ދެން މަންމަޔާ ދަރިފުޅާ އެފިހަރަޔައްވަންނަން މިޖެހެނީ މި ގައުމުގަ ކަންކަން ގޯހުން ގޯހައްމިދަނީ އިސްލާމީ ރީދި އުސޫލުތައް ބޮލާލާ ޖެހުމުން

ހިޔާލު ދެއްވާ!

Your email address will not be published.