އުތުރު ކޮރެއާއިން ދުރު ރާސްތާ މިސައިލެއް ޓެސްޓުކޮށްފި

photo_2021-09-13_21-08-48

އުތުރު ކޮރެއާއިން ދުރު ރާސްތާ މިސައިލްއެއްގެ ކާމިޔާބުކަމާއިއެކު ޓެސްޓުކޮށްފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

މި މިސައިލްގެ އަޖުމަ ބަލާފައިވަނީ މިދިޔަ ހަފްތާގައިކަމަށް ކޮރެއާގެ ރަސްމީ ނޫސް އެޖެންސީއިން ވަނީ ބުނެފައެވެ.

ނޫސް އޭޖެންސީން ބުނި ގޮތުގައި އަލަށް އުފެއްދި މިސައިލް ކާމިޔާބުވުމަކީ، ދެކުނާއި، ޖަޕާން އަދި އެމެރިކާގެ އުދުވާނީ ހަމަލާތަކުން، އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

އުތުރު ކޮރެއާ އިން ބުނި ގޮތުގައި މި ކްރޫޒް މިސައިލް، 7580 ސިކުންތު (2 ގަޑިއިރާއި 10 މިނެޓް) ވަންދެން، ވައްބުރަކަށް އަދި އަށެއްގެ ބައްޓަމަށް ދަތުރުކުރިކަމަށާއި، އުތުރު ކޮރެއާގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ވައިގެ ތެރޭގައި ދަތުރުކުރުމަށް ފަހު، އެ މިސައިލުން ހަމަލާ ދިނީ 1500 ކިލޯމީޓަރު ދުރުގައިވާ އަމާޒަކަށެވެ.

މި ޓެސްޓް ކުރެވުނު މިސައިލްއަކީ ޗައިނާ އަދި އެމެރިކާގެ ސަމާލުކަން ހޯދުމަށް ކުރި ކަމެއް ނޫންކަމަށްވެސް އުތުރު ކޮރެއާއިން ބުނެފައިވާއިރު، އުތުރު ކޮރެއާއާއި ގާތް ގުޅުމެއް އޮންނަ ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ވެސް މި ހަފުތާގައި ދެކުނު ކޮރެއާއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

މިޑިލްބެރީ އިންސްޓިޓިއުޓްގެ ފޯރ އިންޓަރނޭޝަނަލް ސްޓަޑީސްގެ ޖެފްރީ ލިއުވިސް ޓްވީޓްކޮށްފައިވާ ގޮތިގައި، ހަނގުރާމައިގައި ބޭނުންކުރާ މިފަދަ ނުރައްކާތެރި ހަތިޔާރުތަކުގެ ސަބަބުން އުތުރު ކޮރެއާއަށް ފައިދާވާނެކަމަށާއި، އަދި މި ހަތިޔާރުތަކުން ދެކުނު ކޮރެއާގެ ތެރެއަށާއި އަދި ޖަޕާނުފަދަ ޤައުމުތަކަށް ހަމަލާދިނުމަށް ފަސޭހަވެގެންދާނެކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެމެރިކާއިން ބުނެފައިވަނީ، އުތުރު ކޮރެއާގެ މިހަރަކާތްތަކުން ދައްކައިދެނީ، އުތުރު ކޮރެއާއިން އެ ގައުމުގެ އަސްކަރީ ޕްރޮގްރާމް ތަރައްގީކުރަމުންދާކަމާއި، އުތުރު ކޮރެއާގެ އަވައްޓެރި ގައުމުތަކަށާއި ބައިނަލްއަގުވާމީ މުޖްތަމައަށް، އުތުރު ކޮރެއާ އިން ނުރައްކާ ކުރަމުންދާ މިންވަރުކަމަށެވެ.

އުތުރުކޮރެއާއިން ޓެސްޓްކުރަމުން އަންނަ މިފަދަ ނުރައްކާތެރި މިސައިލްތަކާއި މެދު އެމެރިކާއިން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި މިފަދަ ދުރު ރާސްތާ މިސައިލްތަކަކީ އެޤައުމާއި ކައިރީގައިވާ އެހެން ޤައުމުތަކަށް ހުރި ނުރައްކަލެއްކަމަށްވެސް އެމެރިކާއިން އަންނަނީ ބުނަމުންނެވެ.

އުތުރު ކޮރެއާއިން މީގެ ކުރިންވެސް ކުރޫޒް މިސައިލް ޓެސްޓްކޮށްފައިވާކަމަށް ޚަބަރުތައްބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.