ހުތުބާ ކިއުމަށާއި ހުކުރު ކުރުމަށް ހުރަސް އެޅި، 22 މީހަކު ސައުދީ އަރަބިއްޔާގައި ޖަލަށްލައިފި އެވެ.
ސައުދީ އަރަބިއްޔާގެ ތޯއިފްގެ ކްރިމިނަލް ކޯޓުން މި 22 މީހުން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ހުކުރު ދުވަހެއްގައި ހުތުބާ ކިއުމަށާއި އިމާމްވެ ހުކުރު ކުރުމަށް ހުރަސްއެޅުމާއި ގުޅިގެންނެވެ.
މީގެ ތެރެއިން 3 މީހަކު 10 ދުވަހަށް ޖަލަށްލާފައިވާއިރު، 19 މީހަކު 2000 ސައުދީ ރިޔާލްއިން ޖޫރިމަނާކޮށް 1 މަސްދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މިމީހުން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެމީހުން މިސްކިތުގެ ދޮރު ލައްޕާ އިމާމު މިސްކިތަށް ވަނަނުދީ ހުރަސް އަޅާފައިވަނީ، މިސްކިތުގައި ތިބި މީހުންވެސް އިމާމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާތީކަމަށެވެ.
އެހެންކަމުން މިސްކިތުގެ ވީޑިއޯ ރެކޯޑިންނަށް ބަލައި، އަދި މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ކޯޓުން ވަނީ އެމީހުންގެ ހުކުމް އެއްމަސް ދުވަހުގެ ގޮތުގައި ކަނޑައަޅާ ޖޫރިމަނާކޮށްފަ އެވެ.
މިފަދަ ކަންކަމަކީ ސައުދީ ގައި އާންމުކޮން ހިނގައިކަންކަމެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!