މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުޔގެ 15އިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި ބަދަލު ގެނައުމާއެކު މަގުމައްޗަށް ކުނި ބޭރު ކުރުމުން މަނާ ވާނެ އެވެ.

ވެމްކޯއިން ކުނި ނަގާ ވަގުތުތައް

- މާލެ: ހަވީރު 6:00ން ރޭގަނޑު 11:00އަށް

- ވިލިމާލެ: ރޭގަނޑު 8:00-11:00 އަށް

- ހުޅުމާލެ: ރޭގަނޑު 8:00-11:00 އަށް

ވެމްކޯ ސައިޓަށް ކުނި އުކާލަން ދޫކޮށްފައިވާ ޑީ ކާޑުގެ ހިދުމަތްވެސް މި މަހުގެ 15ން ފެށިގެން މެދުކަނޑާލާނެއެވެ. އެހެންކަމުން ޑީ ކާޑު ގެންގުޅޭ ކަސްޓަމަރުން ދެން ޖެހޭނީ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީވާށެވެ.

މިއަދުން ފެށިގެން ވެމްކޯގައި ރަޖިސްޓްރީވެވޭ ގޮތް ވެސް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން، މިހާރު ރަޖިސްޓްރީ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގައި އެކަންޏެވެ.

ކުރިން ރަޖިސްޓްރީކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.