ށ. އަތޮޅު ހޮސްޕިޓަލުގައި ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އެ ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި ގައިނޮކޮލޮޖީއާއި ގުޅޭ ބޮޑު މިި ސާޖެރީއަކީ ވަރަށް އުނދަގޫ ސާޖަރީއެކެވެ. އެހެންނަމަވެސް، "ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ" ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވިފާ ވަކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
ސިއްހީ ލިއުންތަކުގައި ވާގޮތުން، "ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ" އަކީ އަންހެނާގެ ޔޫޓެރަސް ނުވަތަ ރަހިމު އަދި ސާވިކްސް އޮޕެރާޝަންކޮށް ނަގާ ސާޖެރީ އެކެވެ. އާންމުކޮށް މިފަދަ ސާޖަރީ ކޮށް އުޅެނީ ޔޫޓެރިން ކެންސާރ، ސާވިކަލް ކެންސާރ ނުވަތަ އޯވަރިއަން ކެންސާރ ފަދަ ބަލިތައް ޖެހިފާވާނަމައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ވިދާާޅުވި ގޮތުގައި ޕޭޝަންޓް ސާޖެރީ ކުރަން ޖެހުނީ 'ޔުޓެރިން އެޑެނޯމިއޯސިސް' އަދި 'އެކްސްޓެންސިވް ޕެލްވިކް އެންޑޮމެޓްރިއޯސިސް'ގެ ސަބަބުން މެންސުރޭޝަން ނުވަތަ ހައިޞު ވުމާއި ގުޅިގެން އަންނަ ތަދު އާދަޔާ ޚިލާފަށް ގަދަވުމާއި އެކު ގިނައިން ލޭ އަންނާތީއެވެ.
'ޔުޓެރިން އެޑެނޯމިއޯސިސް' އަކީ އަންހެނާގެ ރަހިމު އާދަޔާ ޚިލާފަށް ފަލަވެ ބޮޑުވުމެވެ. އަދި 'އެކްސްޓެންސިވް ޕެލްވިކް އެންޑޮމެޓްރިއޯސިސް' އަކީ ކުރިމަތިފަރާތު ޕެލްވިކް ނަމަކަށް ކިޔާ ސަރަހައްދުގައި އުފެދޭ ނުރައްކާތެރި އެއްޗެކެވެ. މި ތަަކެތި އަންހެނާގެ ރިޕްރޮޑަކްޓިވް ސިސްޓަމްގެ ގިނަ ގުނަވަންތަކުގައިި އުފެދުން އެކަށީގެންވެއެވެ. އަދި މިކަމަށް އަވަހަށް ފަރުވާ ނުކޮށްފި ނަމަ، ދަރިން ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ސިއްޙީ ލިއުންތަކުގައި ވެއެވެ.
ސާޖެރީ ކުރި ޕޭޝަންޓް މިހާރު އަންނަނީ ރަނގަޅުވަމުންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވި އެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި ކުރެވުނު ބޮޑު މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި ކަމަށްޓަކާއި އެ ހޮސްޕިޓަލުންވަނީ އެ ސާޖެރީގައި ބައިވެރިވި ޓީމަށް ޝުކުރުދަންނަވާފައެވެ.
އެގޮތުން، ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވި ގައިނޮކޮލޮޖިސްޓް ޑރ. އެސްލަމް އައްބާސް، ސާޖެން ޑރ. އަޙްމަދު އިސާވީ އަދި އެނަސްތިއޮލޮޖިސްޓް ޑރ. އަޙްމަދު އެލްސަރަގް އަށްށާއި ހޮސްޕިޓަލުގެ އޮޕެރޭޝަން ތިއޭޓަރ (އޯޓީ) ގެ ޓީމަށް ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!