ހދ. ނޮޅިވަރަމުން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބިފާވާގޮތުގައި އިއްޔެ އެރަށުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގައި ނެގުނު 14 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.

Ad
rt

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އިއްޔެ އެ ރަށުން ފެނިފައިވަނީ 7 ޕޮޒިޓިވް ކޭސް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 މީހުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕޮޒިޓިވް ކޭސްތަކެއް ފުނުމާއި ގުޅިގެން ހެލްތު ޕްރޮޓޭކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ އެ ރަށް މޮނިޓަރިން އަށް ލާފައެވެ.

މިއަދު ޕޮޒޓިވްވި 4 މީހުންނާއެކު އެރަށުން މިހާތަނަށް 11 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 34 ސާމްޕަލް އެރަށުން ނެގިފަވާއިރު 23 ސާމްޕަލެއް ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ.

ނޮޅިވަރަމްއިން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވްވިއިރު، ރޯގާ ބާރު ވުމުގެ ސަބަބުން އެރަށު ޕްރީ ސްކޫލް ވެސް ވަނީ ބަންދުކޮށްފައެވެ.