ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓު ފުންކުރެވިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވީ، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ މި ކާގޯ އުފުލާ ބޯޓު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އަދި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން ހުއްޓުމެއް ނެތި ކުރި މަސައްކަތުން މިއަދު މެނދުރު 14:08 ގައި އުޅަނދު ފުން ކުރެވިފައިވާ ކަމަށެވެ.

Ad
rt

"މިހާތަނަށް ބެލި ބެލުމުން އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވެއެވެ. ބޯޓުގައި ހުރި ލޯސަލްފާ އައި.އެފް.އޯ ގެ ތެރެއިން ޕްލޭން ކުރި ގޮތަށް ތިރީ ތާގީތަކުން އުޅަނދުގެ މަތީ ތާގީތަކަށް ރައްކާތެރިކަމާއެކު ވަނީ ތެޔޮ ޓްރާންސްފާ ކޮށްފައެވެ." ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެފަވެއެވެ.

އުޅަނދު ސަލްވޭޖުކޮށް އުޅަނދު ޕޯޓް ލިމިޓް އޭރިޔާގައި ބޯޓު އެންކާކުރުމަށްފަހު ބޯޓުގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ފެށިގެން ދާނެ ކަމަށާއި، އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފަވެއެވެ.

https://thiladhun.wonstasite.com/70933

މި ކާގޯ ބޯޓަކީ އިންޑިޔާގެ ޓުޓުކޮރިންގ ބަދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުންދިއަ ބޯޓެއް ކަމަށް ކުރިން އެ އޮތޯރިޓީން ވިދާޅުވެފަވެއެވެ.

ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް އުރިފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 190 މީޓަރުގެ “ނެވިއޮސް އަމަރީލިސް” ކިޔާ ބޯޓެކެވެ. 3 ހެކްޓަރުގެ ރަސްފަރި ފަރަކީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެވެ.