ވެލާނާގޭ އިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފްގެ ބޮމް ސްކޮޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ޓޫރިޒަމް މިނިސްޓްރީން ރިޕޯޓްކުރުމާއެކު އެއީ ކޯއްޗެއްކަން ދެނެގަންނަން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ގޮތް ނޭނގޭ އެއްޗެއްސާ އޮފީސްތަކުން ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުން އެއީ ކޯއްޗެއްތޯ ދެނެގަތުމަށްފަހު ސިފައިން މިހާރު ވަނީ ވެލާނާގެއިން ނުކުމެފައެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އަދި މިކަން ޔަގީން ކޮށެއް ނުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!