ހދ. ނޮޅިވަރަމްއިން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވް ވެއްޖެއެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ "ތިލަދުން"އަށް ވިދާޅުވީ، އެ ރަށުން 7 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ.
ޕޮޒިޓިވް ވެފައި ވަނީ 5 ކުޑަކުދިންނާއި، ބޮޑު ދެ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.
ޕޮޒިޓިވްވި ބޮޑު ދެ މީހުންގެ ތެރޭގައި ސިއްހީ މަރުކަޒުގެ ކޮމިޔުނިޓީ ހެލްތު އޮފިޝަރެއް ހިމެނެއެވެ. ޕޮޒިޓިވްވި 5 ކުދިންނަކީ ވެސް ސްކޫލް ދަރިވަރުންނެވެ.
މުސްތަފާ ވިދާޅުވީ، އެ ރަށް މިހާރު މޮނިޓަރިން ހާލަށް ގެނެސްފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިހާރު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
ނޮޅިވަރަމް ސިއްހީ މަރުކަޒުން މިއަދު ހާމަކުރެއްވި ގޮތުގައި އެރަށުން ޕޮޒިޓިވްވީ އެންމެ ފަހުން ނެގި 20 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ބަޔެކެވެ.
ނޮޅިވަރަމްއިން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވްވިއިރު، ރޯގާ ބާރު ވުމުގެ ސަބަބުން އެރަށު ޕްރީ ސްކޫލް ވެސް ވަނީ ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!