ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރ، މަންގަލާ ސަމަރަވީރާ އަވަހާރަވުމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި މިިނިސްޓަރު މަންގަލާ އަވަހާރަވެފައިވަނީ ކޯވިޑް-19 އަށް ފަރުވާހޯއްދަވަނިކޮށް އެ ބަލީގައެވެ. އޭނާ އަވަހާރަވިއިރު އުމުރަކީ 65 އަހަރެވެ.

Ad
rt

މަންގަލާގެ އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންގަލާގެ އަވަހާރަވި ކަމުގެ ޚަބަރު އެހީ ފުން ހިތާމަޔާއެކުގާ ކަމަށެވެ. އަދި މަންގާލައަކީ ލަންކާއަށް އެތައް ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މީހެއްކަމަށާއި އަދި ރާއްޖެއާއި ލަންކާ އާއި ދެމެދު އޮންނަ އެކުވެރިކަން ބަދަހިކުރުމަށް އަޑުއުފުލާ ބޭފުޅެއްކަމަށްވެސް ރައީސް ގެ ޓްވީޓުގައި ވިދާޅުވިއެވެ.

" ލަންކާގެ ރައްޔިތުންނަށާއި މިނިސްޓަރ މަންގަލާގެ އާއިލާ އަށް ތައުޒިޔާ ދަންނަވަން " ރައީސްގެ ޓްވީޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

މަންގަލާ އަކީ ލަންކާގެ ސިޔާސީ ދާއިރާގައި އެތައްގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ބޭފުޅެކެވެ. އޭނާގެ ވަކިވުމަކީ އެ ގައުމުގެ ސިޔާސީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށް އެ ގައުމުގެ ގިނަ މިނިސްޓަރުން އަންނަނީ ވިދާޅުވަމުންނެވެ. އަދި ސްރީލަންކާގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންވެސް ގެންދަވަނީ ސަމަރަވީރަ އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރައްވާ ތައުޒިޔާ ފޮނުއްވަމުންނެވެ.

މަންގަލާ އަކީ ދެފަހަރެއްގެ މަތިން އެ ގައުމުގެ ފޮރިން މިނިސްޓަރުކަން ކުރަށްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އެ ގައުމުގެ ފައިނޭންސް މިނިސްޓަރުގެ މަގާމުވެސް މީގެ ކުރިން ފުރުއްވާފައެވެ. 1994 އަކުން ފެށިގެން ލަންކާގެ ކެބިނެޓުގެ ގިނަ މަގާމުތަކެއް އަދާކުރައްވަމުން އައި މަންގަލާ ވަނީ މިދިޔަ އަހަރު ސިޔާސީ ދާއިރާއާއި ދުރައްގޮއްސަ ކަމަށް ރިޕޯޓުތައް ބުނެއެވެ.