އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް 1980 ގެ އަހަރުތަކުން ފެށިގެން އެކި މަސައްކަތްތައް ކުރެވެމުން އައިސްފައިވާއިރު، އަލްޓްރާ ވައިލެޓް ރޭސްގެ ސަބަބުން އިންސާނުންނާއި ގަސްގަހާގެއްސަށް ލިބޭ ގެއްލުންތައް ހައްލުކުރަންވަނީ މަސައްކަތްތަކެއްކޮށްފައެވެ.
1970ގެ އަހަރުތަކުގައި ސައިންސްވެރިންނަށް އޯޒޯން ފަށަލައަށް އެންމެ ގެއްލުން ހުރިކަމަށް ދިރާސާކުރެވިފައި ވަނީ ކްލޮރޯފްލޮރޯކާބޮންސް ގޭހުންކަމަށް ހާމަކޮށްފައިވެއެވެ. އަދި 1987 ވަނަ އަހަރު 197 ޤައުމަކުން ވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގައި ސޮއިކޮށް ސީ.އެފް.ސީ ގޭސް މަދުކުރުމަށް އެމެންޑްމެންޓްއެއް އެކުލަވާލާފައެވެ.
މިހާރު މިފެންނަމުން ދަނީ ސީ.އެފް.ސީ ގޭސް ބޭނުންކުރަމުން އަންނަ މިނަވަރު މަދުވެ އޯޒޯން ފަށަލަ ރަގަޅުވަމުން އަންނަ ތަންކަމަށް ސައިންޓިސްޓުން ހާމަކޮށްފައިވެއެވެ. އަދި މިއެއްބަސްވުން އެކުލަވާ ނުލިނަމަ ދުނިޔެއަށް މިކަމުން އަންނާނެ ބަދަލްތަކާއި ބެހޭގޮތުންވެސް ސައިންސްވެރިން ވަނީ މީގެ ކުރިންވެސް މަޝްވަރާކޮށްފައެވެ.
އެގޮތުން ސައިންސްވެރިން ހަދާފައިވާ ރިސަރޗްއިން ދައްކާ ގޮތުންނަމަ އޯޒޯން ފަށަލަ ތުނިވެ އަލްޓްރާ ވައިލެޓް ރޭސް ދުނިޔެއަށް ފޮނުވާ މިންވަރު އިތުރުވެއްޖެ ނަމަ ހަމުގެ ކެންސަރު ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި މޫސުމަށް އަންނަމުންދާ ބަދަލްތަކާއި އެކު ގަސްގަހާގެއްސަށް ގެއްލުންވާނެކަމުގެ ބިރު އޮތްކަމަށް ސައިންސްވެރިންގެ ދިރާސާއިން ދައްކައެވެ.
މޮންޓްރިއަލް ޕްރޮޓޮކޯލް އެކުލަވާ ނުލި ނަމަ 2050 ވަނަ އަހަރާއި ހަމައަށް ދާއިރު، އޯޒޯން ފަށަލަ 4.5 އިންސައްތަ އިތުރުވާނެކަމަށް ސައިންސްވެރިންވަނީ ލަފާކޮށްފައެވެ. އަދި ޔޫރަޕް، އޭޝިއާ، އުތުރު އެމެރިކާ ހިމެނޭ ސަރަހައްދަށް ޔޫވީ ލެވެލް މަތިވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!