ހދ. ކުޅުދުއްފުޓާއި ހދ. ނޮޅިވަރަން ފަރުގައި ފެނަކަ ކޯޕަރޭޝަނުން “ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވޮލޮޕްމެންޓު( ޕޮއިސްޓު )” ޕްރޮޖެކްޓުގެ ދަށުން ސޯލާ ޕީވީ ހަރުކުރުރަން ފަށައިފިއެވެ.

އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު ހިންގާ ޕޮއިސްޓު ޕްރޮޖެކްޓަކީ ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަމަންޓު މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ފަންޑު ކުރަނީ އޭޑީބީންނެޗެ.

Ad
rt

ޕޮއިސްޓް ޕްރޮޖެކްޓުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3.5 މެގަވޯޓްގެ ސޯލާ ޕީވީ ހަރުކުރާނެއެވެ.

ފެނަކައިން ބުނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި މި ހިންގާ ޕްރޮޖެކްޓްގެ މަގްސަދަކީ ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާ ވުން މަދުކޮށްއިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުން ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި މި މިޕްރޮޖެކްޓުގެ ދަށުން 800 ކިލޯ ވޯޓްގެ ސޯލާ ޕީވީ ހަރުކުރާއިރުނޮޅިވަރަންފަރުގައި 249 ކިލޯ ވޯޓްގެ ސޯލާ ޕީވީ ހަރުކުރާނެއެވެ.

ފެނަކައިން ބުނީ ކުޅުދުއްފުށީގައި ހިންގާ ޕްރެޖެކްޓް ސަބަބުން އެ ކުންފުނީގެ ތެލުގެ ހަރަދުން އަހަރަކު ތިން ލައްކަ ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. އަދި ޖައްވަށްބޭރުކުރާ ވިހަ ވިހަ ގޭސް، ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 1056 ޓަނު މަދު ވެގެންދާނެ ކަމަށްބއެކުންފުނިން ބުންޏެވެ.

ނޮޅިވަރަންފަރުގައި ހިންގާ ޕްރެޖެކްޓް ސަބަބުން ފެނަކައިގެ ތެލުގެ ހަރަދުން އަހަރަކު 946,200 ރުފިޔާ ސަލާމަތް ވާނެއެވެ. އަދި ޖައްވަށް ބޭރު ކުރާ ވިހަގޭހެއްކަމަށްވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 328.68 ޓަނު މަދު ވެގެންދާނެ ކަމަށް ފެނަކައިން ލަފާ ކުރެއެވެ.

ފެނަކައިން އަންނަނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފެނަކައިގެ އަމާޒަކީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށްފެނަކައިގެއިންޖީނުގެތަކުން އުފައްދާ ކަރަންޓުގެ 70 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.