އަފްޤާނިސްތާނުން ހިޖުރަކުރަމުން އަންނަ ރެފިރުޖީން ވަނަ ނުދިނުމަށް ގްރީސްއިންވެސް ތުރުކީއާއި އެއްގޮތަށް އެޤައުމާއި ތުރުކީ ގުޅޭ ބޯޑަރުގައި އުސްފާރެއް ރާނައިފިއެވެ.

ތާލިބާނުން އަފްޤާނިސްތާނު ހިފުމާއި އެކު އެޤައުމުގެ ގިނަ ރައްޔިތުން ދަނީ ޔޫރަޕާއި ތުރުކީ ފަދަ ޤައުމުތަކަށް ހިޖުރަކުރަން ފަށާފައެވެ.

Ad
rt

ޔޫރަޕަށް ހިޖުރަކުރާ މީހުންގެ ވަގުތީ މަންޒިލަކަށް ތުރުކީއެކޭ އެއްފަދައިން ގްރީސް ވެފައިވާއިރު، 2010 ވަނަ އަހަރުން ފެށިގެން އަފްޤާނިސްތާން، ސީރިޔާ އަދި އިރާގުން ގްރީސްއަށް ހިޖުރަކުރަމުން އަންނަ މީހުންގެ އަދަދު މިލިއަނަށް އަރާފައިވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ނަމަވެސް ތުރުކީއިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ޔޫރަޕުގެ ޤައުމުތަކަށް ހިޖުރަކުރާ ރެފިއުޖީންނަށް އެޤައުމުގައިވެސް މަޑުކުރުމުގެ ފުރުސަތު ހަނިކުރުމަށް ނިންމާފައިވާކަމަށް ހާމަކޮށްފައިވެއެވެ.

އަފްޤާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ކާބުލްގެ އެއަރޕޯރޓްގައި ބޭރުގެ ޤައުމުތަކަށް ހިޖުރަކުރުމަށް ތޮއްޖެހިފައިވާކަމަށްވެސް ރިޕޯރޓްތައްބުނެއެވެ. އަދި ނުދެވި އެނބުރި ރަށަށް ވަންނަމުން އަންނަ ފަރާތްތަކަށް ތާލިބާނުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނަކަމަށްވެސް ޚަބަރުތައްބުނެއެވެ.

ގްރީސްއާއި ތުރުކީ ގުޅޭ ބޯޑަރުން ގިނަ ބަޔަކު އެ ދެ ޤައުމަށް ކަނޑުގެ މަގުންނާއި އެއްގަމު މަގުން ހިޖުރަކުރަމުން އަންނަ އިރު، ފާއިތުވި އަހަރުތަކަށް ބަލާއިރު އޭޝިއާގެ ޤައުމުތަކުންވެސް ގްރީސްއަށް މީހުން އެތެރެވެފައިވާކަމަށް އެޤައުމުންވަނީ ހާމަކޮށްފައެވެ.