ށ. ކޮމަންޑޫ ބަނދަރު ސަރަހައްދުގައި ވަޅުފެން ބޫތު ތަކެއް އަޅަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކޮމަންޑޫ ކައުންސިލުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މަސްވެރިންނާއި ދަތުރުވެރިންނަށް ފަސޭހަކަމާއިއެކު އުޅަނދު ފަހަރަށް ފެން ފޯރުކޮށް ދިނުމުގެ ގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި 8 ވަޅުފެން ބޫތު ހެދުމަށް ބޭނުންވާކަމަށެވެ.

Ad
rt

މި މަސައްކަތް ދޫކުރުމަށް ހަމަޖެހިފާ ވަނީ އެސްޓިމޭޓަށެވެ. އަދި މަސައްކަތާ ހަވާލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަންކުރަންވީ ގޮތްވެސް ކައުންސިލްގެ އިއުލާނުގައި ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ވާ އަންގާރަ ދުވަހުގެ 1:00 ގެ ކުރިން ކޮމަންޑޫ ކައުންސިލްފެ އިދާރާއަށް ގޮސް މައުލޫމާތު ސާފުކުރުމަށް ފަހު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 އަށް އެ އިދާރާ އަށް އެސްޓިމޭޓް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.

އެސްޓިމޭޓް ކެނޑުމާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިކަަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ހާޒިރުގަ ކަންވެސް ކައުންސިލުގެ އިއުލާނުގައި ވިދާޅުވިއެވެ.