ޖަޕާންގެ ކަނޑުގެ ސަރަހައްދުން ކަނޑުއަޑިން އަލިފާން ފަރުބަދައެއް ގޮވައި އައު ރަށެއް އުފެއްދިއްޖެ އެވެ.

ޖަޕާނުގެ ވެރިރަށް، ޓޯކިޔޯގެ ދެކުނުގެ ސަރަހައްދެއްގެ 1200 ކިލޯމީޓަރު (745 މޭލް) އަޑިން އަލިފާން ފަރުބަދައެއް ގޮވައި އުފެދިފައިވާ މިރަށަކީ އެޤައުމުގައި އުފެދިފައިވާ 6000 މިފަދަ ރަށްތަކުގެ ގްރޫޕަށް އިތުރުވި ރަށެއްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

Ad
rt

މިއީ ޕެސިފިކް އޯޝަންއަށް ނިސްބަތްވާ ހިސާބުގައި އޮގަސަވާރާ ގްރޫޕްގެ ރަށްތައް ހިމެނޭ ޖަޕާންގެ އެންމެ ދެކުނުގައި އޮންނަ މިނާމީ ލޯޓޯއާއި 50 ކިލޯމީޓަރު ގެ ދުރުމިނުގައި އުފެދިފައިވާ ރަށެއްކަމަށް ރިޕޯޓްތައްބުނެއެވެ.

ކްރެސެންޓްއެއްގެ ބަށްޓަމަށް އުފެދިފައިވާ މި ރަށުގައި ހުންނާނީ ގާތްގަނޑަކަށް 1 ކިލޯމީޓަރުގެ ބޮޑުމިންކަމަށް ޖަޕާންގެ ކޯސްޓްގާޑުން ހާމަކޮށްފައިވެއެވެ.

ސައިންސްވެރިން ބުނާ ގޮތުންނަމަ އެރަށުގެ ބިމުގެ ފެންވަރު އިނގޭނީ އަލިފާން ފަރުބަދައިން ފައިބައިފައިވާ އަލިފާން ހަރުވާ މިންވަރުބަލާ ދިރާސާކުރުމަށްފަހުގައިކަމަށެވެ. ނަމަވެސް ރާޅު ޖަހަމުންދާ ދިއުމަށް ބަލާ ރަށްގިރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

1904، 1914 އަދި 1986 ވަނަ އަހަރުގައި ވެސް ހަމަ މިސަރަހައްދުގައި ބިމުގެ އަޑިން އަލިފާން ފަރުބަދަ ގޮވައި މިގޮތަށް ރަށްތަކެއް އުފެދި ނަމަވެސް ރާޅު ޖެހުމުގެ ސަބަބުން އެރަށްތައް ނެތިގެން ގޮސްފައިވާކަމަށް ރިޕޯޓްތައްބުނެއެވެ.

އަލިފާން ފަރުބަދަ ގޮވައި އުފެދިފައިވާ ރަށް ކައިރިން އެސަރަހައްދުގައި އަޅިއާއި ދުމުގެ އަސަރު ހުރިއިރު، ފަރުބަދައިގެ އެތިކޮޅު ކޮޅު އެހިސާބުގެ ކަނޑުތަކުގައި ދައުރުވަމުންދާތީ ރައްކާތެރިވުމަށް ޖަޕާންގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އަންގާފައެވެ.

ޖަޕާނުގެ ސަރަހައްދުން މިރަށް ފެނުމާއި ގުޅިގެން އެރަށަކީ އެޤައުމަށް ނިސްބަތްވާ ރަށެއްކަމަށް ހިމަނައިފިނަމަ މިރަށުގެ ސަބަބުން އެޤައުމުގެ ވިޔަފާރިއަށް އިތުރު ކުރިއެރުންތައް ލިބިގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.