އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކުރާ އެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީހަށް މުވައްޒަފުން ނެގުމަށް އިއުލާން ކޮށްފިއެވެ.
މިގޮތުން އިއުލާން ކޮށްފައި ވަނީ އެސިސްޓަންޓް އޮޑިޓަރ (ގްރޭޑް 1) ގެ 2 މުވައްޒަފުން ނެގުމަށެވެ. މި މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީހުގައެވެ.
އެހެންކަމުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ އެ އޮފީހުން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް އިންޓަވިއު ކުރިއަށް ގެންދިއުމަށްފަހު ކަމަށް އެ އޮފީހުން ހާމަކުރެއްވި އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، އުތުރު ސަރަޙައްދީ އޮފީސް ގާއިމުވުމުން އުތުރުގެ އަތޮޅުތައް ކަމުގައިވާ ހއ.، ހދ. އަދި ށ. އަތޮޅުގެ ސަރުކާރު އިދާރާތަކުގެ އޮޑިޓްތައް ކުރިއަށް ގެންދާނީ އެ އޮފީހުންނެވެ.
އެގޮތުން އުތުރު ސަރަޙައްދީ އޮފީސް ގާއިމުވުމުން އެ ސަރަޙައްދުގެ އިދާރާތަކަށް ގާތުން ފުރިހަމަ ހިދުމަތެއް ދެވޭނެ ކަމަށާއި ސަރުކާރުގެ މުވައްޒަފުންނަށް މާލީ ތަމްރީންތައް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އެ އޮފީހުން ބުނެއެވެ.
2015 ވަނަ އަހަރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދެކުނު ސަރަޙައްދީ އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކޮށް ގއ.، ގދ.، ޏ. އަދި އައްޑޫ އަތޮޅުގެ ދާއިރާތަކުގެ އޮޑިޓް މަސައްކަތްތައް އެ އޮފީހަށް ބަދަލު ކޮށްފައެވެ.
ޖޮބް ޕޯޓަލް:
http://audit.gov.mv/JobApplication.aspx
އިޢުލާން:
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!