ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ފުލޫ އޯޕީޑީއަށް ދެއްކި މީހަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޭއާރުއެޗްއިން ވިދާޅުވި ގޮތުގައި މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ. އަދި މި ކޭސްއާ ގުޅިގެން މޮނިޓަރިންއަށް ލުމާމެދު ގޮތެއް ނުނިންމާ ކަމަށް ވެސް ކޭއާރުއެޗްއިން ވިދާޅުވެއެވެ.

Ad
rt

ހުމާއި ރޯގާގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ ލަސް ނުކުރައްވާ އެ ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދައްކައި، ސާމްޕަލް ނެގުމަށް ކޭއާރުއެޗްއިން ވަނީ އިލްތިމާސް ކުރަށްވާފައެވެ.

"އެންމެހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ދަންނަވަން. ހާއްސަކޮށް މާސްކު އެޅުމާއި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށް އިލްތިމާސް ކުރަން" ކޭއާރުއެޗް ވިދާޅުވެފަވެއެވެ.