ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި ދުވަހު މުސާރައަށް މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބޭނުންވަނީ ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުން ކަމަށެވެ. އެގޮތުން 4 މަގާމަކަށް މީހުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ.

Ad
rt

އެމްޓީސީސީން ހޯދަނީ ދުވަހު މުސާރައަށް މަސައްކަތް ކުރާނެ ލޭބަރުންނާއި މޭސަނުންނާއި ކާޕެންޓަރުންނާއި ވެލްޑަރުންނެވެ.

ލޭބަރަކަށް ދުވާލަކު 350ރ. ހުށަހަޅާފައިވާއިރު މޭސަނަކަށް 420ރ.، ކާޕެންޓަރަކަށް 420ރ. އަދި ވެލްޑަރަކަށް 420ރ. ލިބޭނެއެވެ.

މި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެމްޓީސީސީގެ ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 12:00ގެ ކުރިން ފޯމު ހުށަހެޅޭނެއެވެ.

އިހަވަންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އެވެ.