ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މޭނޭޖަރުކަމުގައި ހުންނެވި އަހުމަދު ދާއޫދު (ޑޭވިޑް)، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.

2019 ވަނަ އަހަރުން ފެށިގެން ޑޭވިޑް އަންނަނީ ކޭއާރްއެޗްގެ މެނޭޖަރގެ މަގާމު ފުރުއްވަމުންނެވެ.

Ad
rt

ރާއީސްއުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިމަހުގެ 8 ވަނަ ދުވަހު ކޭއާރްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އޭނާ އައްޔަނުކުރައްވާފައެެވެ.

ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓީން އިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ޑޭވިޑް މިހާރު އަންނަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ ދާއިރާއިން މާސްޓާޒް ހައްދަވަމުންނެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންއައި ކޭއާރްއެޗް އެތަނުގެ ދަށުން ވަކިކޮށް ވަނީ މިއަހަރުގެ ކުރީކޮޅު 6 މެންބަރުން އައްޔަން ކޮށް ވަކި ގަވަރނިން ބޯޑެއް ހަދައި އެފަރާތައި ހިންގުން ހަވާލުކޮށްފައެވެ.

ޑޭވިޑްގެ މެނޭޖްމެންޓްގެ ދަށުން ކޭއާރްއެޗްއިން ވަނީ ގިނަ ކުރިއެރުންތައް ހޯދާފައެވެ.

އެގޮތުން ބޮޑެތި ސާޖެރީތައް ހެދޭނެ މަގު ތަނަވަސްކޮށްދީ އަތޮޅު ތެރެއިން މާލެ ބޭސްފަރުވާއަށް ނުގޮސް ހޯދޭނެ ބޮޑެތި ގިނަ ޚިދުމަތްތައް ކޭއާރްއެޗްއިން ލިބޭނެ މަގުވަނީ ހޯދަދީފައެވެ.