ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު، ޝަތުރު ތަކަކާއިއެކު އެރަށް އެ ހާލަތުން ނަގައި ހުޅުވާލައިފި އެވެ.
ދިއްދޫއިން ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.
އެ ރަށުގައި ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން އެޗްޕީއޭ އިން އެ ރަށް މޮނީޓަރިން އިން ނެގިކަން އަންގާފައި ވަނީ 10 އޯގަސްޓް 2021 ވީ ދުވަހުގެ ރޭ 18:37 ގައެވެ.
އެޗްޕީއޭ) އިން ދިއްދޫ ކައުންސިލްއަށް ފޮނުވި ލިއުމުގައި މޮނިޓަރިންގ އުވާލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު، އަންނަނިވި ޝަރުތުތަކާއި އެކު އެވެ.
- ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ރަށުގެ އާބާދީގެ 5 އިންސައްތަ މީހުންގެ ރެންޑަމް ސާމްޕަލް ނެގުން
- ރަށުގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ދެވެންދެން ރަށުން ފުރާ މީހުންގެ ސާމްޕަލް ނެގުން
މިއާއި އެކު އެރަށުގައި ކޮވިޑް ގެ އިތުރު ކޭތަކެއް އުޅޭތޯ ބެލުމަށް އިތުރަށް ޓެސްޓު ކުރަން ޖެހޭނެއެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިިވާ މައުލުމާތަށް ބަލާއިރު، މިއަދާއި ހަމައަށް އެރަށުން 27 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި އެރަށް މޮނީޓަރިންގ ހާލަތުން ނެގުމަށްޓަކައި ނެގި 214 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި އެކަކު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!