ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރަށްވައިފި އެވެ.

މި މަގާމަށް އައްޔަނު ކުރަށްވާފައިވަނީ އަލްއުސްތާޛާ މަރްޔަމް ރިޝްފާ އެވެ.

Ad
rt

އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އަލްއުސްތާޛާ މަރްޔަމް ރިޝްފާ ހަވާލުކުރައްވާފައެވެ. އަދި އެބޭފުޅާ ވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.

މިއަދު މި މަޤާމަށް އައްޔަނުވުމުގެ ކުރިން އުސްތާޛާ ރިޝްފާ ވަނީ މީގެކުރިން، 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާފައެވެ. އަދި، ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ވެސް ޙަރަކާތްތެރިވެފާވެއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އާއީ ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ހާސިލްކުރައްވާފައެވެ.