މި މަހުގެ 10 ވަނަ ދުވަހު އައު ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، ދަރިވަރުންނަށް އެއްވެސް ފިލާވަޅެއް ނުގެއްލި ކިޔަވައި ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ސުކޫލުތައް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވީ، ކިޔަވައިދޭން ބޭނުން ކުރެވޭ ދަރިވަރުންގެ ފޮތްތަކުގެ ހާރޑު ކޮޕީގެ އިތުރުން ސޮފްޓް ކޮޕީ މިފަހަރު ބޭނުން ކުރަން ހަމަޖެހިފާވާކަމަށެވެ.
އެގޮތުން، ކުރިން ރޭވިފައިވާ ސުންގަޑިއަށް ހާރޑު ކޮޕީސް ސްކޫލްތައް ހުޅުވެން ވާއިރަށް ފޯރު ކޮށްނުދެވުނު ނަމަވެސް، ހުރިހާ ސްކޫލްތަކަކަށް ފޮތްތަކުގެ ސޮފްޓް ކޮޕީ ހަވާލު ކުރެވިފާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ފޮތްތަކުގެ ހާރޑު ކޮޕީ ނުލިބިގެން އެއްވެސް ވަރަކަށް ކިޔެވުމަށް ބުރޫ ނާރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ގްރޭޑް 9 އަކާއި 11 ގެ ދަރިވަރުން މިފަހަރު ކިޔަވާނީ މުޅިންވެސް ސޮފްޓް ނުވަތަ ޑޖިިޓަލައިޒް ފޮތްތައް ބޭނުން ކޮށްގެންކަން މިނިސްޓާރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބޮޑަށް ހަމަ ޑިޖިޓައިޒް ފޮތްތަކާ ދިމާލަށް މި ދަތުރު ކުރަނީ އެހެންވީމަ ސޮފްޓް ކޮޕީޒް ހުރިހާ ކުދިންނަށް ފޯރު ކޮށްދެވިފަ ހުންނާނީ ހާޑް ކޮޕީޒް ބޭނުންވާ ފިލާވަޅުތަކަށް ފޮޓޯ ކޮޕީ ނަގާފަ އެވެސް އަޅުގަނޑުމެން ހަމަ ފޯރުކޮށްދޭނެ" މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ މެޖޯރިޓީ ދަރިވަރުންގެ އާބާދީ ތިބީ ސްކޫލަށް ގޮސް ކިޔެވޭނެ ހާލަތުގައި ކަން ފާހަގަކުރަށްވަމުން، މިނިސްޓަރު ވިދާޅުވީ މޮނިޓަރިންގައި ނެތް ރަށްރަށުގައި ކުރިއެކޭވެސް އެއްފަދައިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ސުކޫލުތަކުގައި ކިޔަވައި ދެވޭނެކަމަށެވެ.
މޮނިޓަރިންގައި އޮތް ރަށްތަކުން އެ ރަށްރަށުގެ ކޮވިޑް ޓާސްކް ފޯސް އާއި ވާހަކަ ދައްކާ ދަރިވަރުން ސްކޫލަށް ނެރެގެން ކިޔަވާދެވޭނެ ހާލަތެއްގައި އޮތްނަމަ އެކަން އެގޮތަށް ކުރެވޭނެ ކަމަށާއި އެހެންނޫނީ އެ ރަށް ރަށު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނީ އޮންލައިން ކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަހުގެ 10 ވަނަ ދުވަހު ދިރާސީ އައު އަހަރު ފެށުމަށް ހަމަޖެހިފާވާއިރު އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ކޯވިޑް-19 ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ އެރަށްރަށް ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން އަށް ލާފައެވެ.
މިގޮތުން އުތުރުން ހދ. ގެ ވެރިރަށް ކުޅުދުއްފުށީ ސިޓީ ބަންދުކޮށްފައި އޮތްއިރު، ހއ. ވެރިރަށް ދިއްދޫއާއި އެ އަތޮޅު ތަކަންދޫ ވެސް އޮތީ ބަންދުކޮށްފައެވެ. އަދި ށ. ފޯކައިދޫއާއި، ފީވައް ވެސް އޮތީ ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!