ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާރު އެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7,750ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 10.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ދަނީ އެ ކުންފުންޏާއި ހަވާލުވެފައިވާ ސަރުކާރުގެ އެކި ވަރުގެ ތަރައްގީގެ މަޝްރޫޢޫތަކުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމަމުން އަދި ކުރަމުންނެވެ.

މިގޮތުން ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތާއި، ބިން ހިއްކުމާއި، ރައްރަށުގެ ބަނދަރާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، މަގުތައް ހެދުމާއި، އެކި މުއައްސަސާތަކަށް ބޭނުންވާނޭ އިމާރާތްތައް ކުރުން ފަދަ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން ދަނީ ހިންގަމުންނެވެ.