ލިފްޓް އަދި އެސްކެލޭޓާގެ މާކެޓުގައި ދުނިޔޭގެ އެންމެ މަގްބޫލު އެއް ބްރޭންޑް ކަމުގައިވާ “ކޯނޭ” ލިފްޓު ރާއްޖޭގެ މާކެޓުގައި ބޮޑު މަގްބޫލުކަމެއް ހޯދުމަށްފަހު، އެބްރޭންޑުގެއެސްކެލޭޓާ ވެސް އެސްޓީއޯއިން ތައާރަފުކޮށްފިއެވެ.

އެސްޓީއޯއިން ބުނިގޮތުގައު ކޯނޭ އެސްކެލޭޓާ އެންމެ ފުރަތަމަ ހަރު ކުރާނީ އެސްޖޭ ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިންގް މޯލްގައެވެ.އެސްކެލޭޓާ ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad
rt

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމަންއެވެ. އަދި އެސްޖޭކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓާ ޝިހާދު އިބްރާހިމެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ "ކޯނޭ" އެސްކެލޭޓަރ އަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެކެވެ. ކޯނޭ ބްރޭންޑް ވަނީ 2020 ވަނަ އަހަރު"ފޯބްސް"އިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނިފައެވެ.

"ކޯނޭ"ގެ އުފެއްދުންތަކަކީ ރާއްޖޭގެ ގިނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެކެވެ. އަދި މިޕްރޮޑަކްޓަކީ ISO 14001 ސޭފްޓީމިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން، އެންޓި ރައިޑް / އެންޓި ސަރފް ބެރިޔަރ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަންކަށަވަރުކޮށްދޭ އުފެއްދުމެއްވެސް މެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަރ ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިޚްތިޔާރުލިބި،ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓަރ ސާފުކުރެވި، ފަސޭހައިން މެއިންޓެއިންކުރުމަށް މަގުފަހި ކުރެވުން ހިމެނެއެވެ. އަދި ދެމެހެއްޓެނިވި ލެޑް ލައިޓް އިން 80 އިންސައްތައާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދެއެވެ.

މީގެ އިތުރުން އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓާ އޮޕަރޭޓްކުރެވޭނެއެވެ.