ކޮވިޑް ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ

Covid death

ކޮވިޑް-19 ބަލީގައި ރާއްޖެއިން 94 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މިއަދު އާންމު ކުރެއްވިގޮތުގައި މި މީހާ އަކީ ހާލު ދެރަވެގެން ޏ. ފުވަމުލަކު އަތޮޅު ހޮސްޕިޓަލަށް ގެނެވުނު ދިވެހި ފިރިހެނެކެވެ.

މި މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއްވިއެވެ.

މިއަދުގެ މި މަރާއެކު ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު 222 އަށް އަރައިފި އެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވާވަރަށް ކޯވިޑް ވެކްސިން މިހާރު ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، 323،568 މީހަކު މިހާތަނަށް ވަނީ ކޯވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ދެވަނަ ޑޯޒް ވެސް 271،552 މީހަކު ވަނީ ޖަހާފައެވެ.

ވެރިރަށް މާލޭގައި ކޯވިޑްގެ ޕޮޒިޓިވް ނަންބަރު ދަށްވި ނަމަވެސް، އީދަށް ދިން ލުއިތަކަށް ފަހު އަތޮޅު ތެރޭގެ ނަންބަރު ދަނީ މައްޗަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި