ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޭސް ފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އިއްޔެއިން ފެށިގެން މި ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ދެނީ ކަރުދާސް ކޮތަޅު ކަމަށްވެސް ވަނީ ބުނެފައެވެ.

Ad
rt

މި ބަދަލު ގެނައީ މިހާތަނަށް މާލޭގައި ހުރި އެސްޓީއޯ ފާމަސީތަކުގައެވެ. ރަށްރަށުގައި ހުރި ފާމަސީތަކުގައިވެސް ވަރަށް އަވަހަށް ކަރުދާސް ކޮތަޅު ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނިގޮތުގައި މިއީ އެއްފަހަރާ ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.