މާލޭގައި، ވިލިމާލޭގެ ރައްޔިތުނަށް ހާއްސަ ޕާކިން ޒޯނެއް

photo_2021-07-30_11-07-26

މާލޭ ސިޓީގެ ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ.

މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައި ތަރައްގީކޮށްފައިވާ މި ޕާކިން ޒޯނަކީ، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްޤީކުރި ޕާކިން ޒޯންއެކެވެ.

މި ޕާކިންގ ޒޯން ގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވާއިރު، މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި ޒޯނުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރަން ވަނީ ނިންމާފައެވެ. ބާކީ 5 ޖާގަ ޚާއްޞަކޮށްފައި ވަނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި މި ޒޯނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެއެވެ. ޖާގަ ދޫކުރުމުގައި ޢަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިންގ ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށް ކަމަށާއި، އެގޮތުން މި ޒޯން ވެސް ޚާއްޞަ ކުރެވިފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށް ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިތަނުން ޖާގަ ހޯދަށް އެދި ހުށަހަޅަން ޖެހެނީ، ސިޓީ އަކުން މާލޭ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭބަޔަށެވެ. މިކަމަށް އެދި ހުށަހަޅާއިރު އައި.ޑީ.ކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްވެސް ހުށަހަޅަންޖެހެއެވެ. އަދި ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީވެސް ހުށަހަޅަން ޖެހެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750.00 ރުފިޔާ ނެގުމަށް ކައުންސިލުން ނިންމާފައިވާއިރު، އެހެނިހެން އުޅަނދުތަކަށް މަހަކު 1500.00 ރުފިޔާނެގުމަށް ވަނީ ނިންމާފައެވެ.

އެހެންނަމަވެސް މި ދުވަސްވަރަކީ ކޯވިޑް–19 ގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000.00 ރުފިޔާކަމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި