ހއ. ދިއްދޫގައި ހުންނަ، އެ އަތޮޅު ހޮސްޕިޓަލުގެ ސާޖަން އާއި އޭނާގެ ޓީމުން ކާމިޔަބުކަމާއެކު ހަމުގެ ސާޖަރީއެއް ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ހާމަކުރެއްވިގޮތުގައި، މި ސާޖަރީ ކުރިއަށް ގެންދިޔައީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

Ad
rt

މި ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވީ އެ ހޮސްޕިޓަލުގެ އާންމު ސާޖެން ޑރ. ސަޗިން ގިރި އާއި އެންތިއޮލޮޖިސްޓް ޑރ. ޗަންދްރަޖިތު އެވެ. އަދި ސިއްޙީ އެހީތެރިންގެ ގޮތުގައި ޕިޒިޝިއަން ޑރ. ޗިރަޔު އާއި އޭނާގެ ޓީމު ވަނީ މި ސާޖެރީގައި ހަރަކާތްތެރިވެފަ އެވެ.

"ޕިލޮނޮޑިއަލް ސައިނަސް" ނަމަކަށް ކިޔާ ބަލީގައި ކުރެވުނު މި ސާޖެރީ އަކީ "ރޮމްބޮއިޑް އެކްސިޝަން އާއި ލިމްބާގް ފްލެޕް ރިކޮންސްޓްރަކްޝަން" އެވެ.

"ޕިލޮނޮޑިއަލް ސައިނަސް" އަކީ އިންސާނެއްގެ ހަށިގަނޑުގެ ފުރަގަސްފަރާތާއި ބުރަކަށި ގުޅޭ ހިސާބު ހަންގަޑުގައި އުފެދޭ ދޮސް އަންނަ ލޯވަޅެއްކަމަށް ސިއްޙީ ލިއުންތަކުގައި ބުނެއެވެ. މި ބައްޔަކީ އާންމުކޮށް އެންޓިބައޮޓިކްސްއިން ރަނގަޅުވާ ބައްޔެއް ނަމަވެސް، ބޭހުން ރަނގަޅުނުވެ ގިނަދުވަސް ވެއްޖެ ނަމަ ޑޮކްޓަރުންގެ ލަފަޔާއެކު ސާޖެރީ ހަދަން ޖެހެއެވެ.

"ރޮމްބޮއިޑް އެކްސިޝަން އާއި ލިމްބާގް ފްލެޕް ރިކޮންސްޓްރަކްޝަން" ސާޖަރީ އަކީ ހަންގަޑުގައި އިންފެކްޓްވެފައި ހުރި ހިސާބު ވަކިން ކަނޑާ ނެގުމަށް ފަހު ހަދާ ސާޖަރީ އެކެވެ.