ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި އެމްއޯޔޫތަކެއްގައި ސޮއިކުރަނީ

Shahid in India

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު މިހާރު އަވަށްޓެރި އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކެއްގައި ސޮއި ކުރައްވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

މިއީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިހާބުވެވަޑައިގެންފަހުން، މަގާމުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރަށްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދުގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މީގެއިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓާ ގުޅޭ މަޝްރޫއުތަކުގައި ސޮއި ކުރާނެ ކަމަށް އެ ގައުމުން ބުނެއެވެ. ނަމަވެސް އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.

ޝާހިދުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރާ މޯދީ އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ބައްދަލު ކުރައްވާނެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި