ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ނިންމި ނިންމުން ބަދަލު ކުރުމުން ހިތްހަމަނުޖެހިއްޖެ

photo_2021-07-20_23-03-28

ހދ. ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ތަން ތައްޔާރު ކުރުމަށްފަހު، ޢީދު ނަމާދު ކުރުން އެރަށުގެ މިސްކިތަށް ބަދަލު ކުރުމުން އެރަށުގެ ޒުވާނުންތަކެއް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ނައިވާދޫން "ތިލަދުން"އަށް ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނީ އެރަށުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ތައްޔާރު ކުރީ އެރަށުގެ ފުޓްސަލް ދަނޑު ކަމަށެވެ.

އެ ދަނޑުގައި ބޮޑު ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް ތައްޔާރީތައް ކުރުމަށްފަހު ޒުވާނުން ނިދަން ދިޔައީ ޢީދު ވިލޭރޭގެ ދަންވިފަހުން ގާތްގަނޑަކަށް އެކެއް ޖަހާކަށް ހާއިރު ކަމަށް އެ ޒުވާނުން ކިޔައިދިނެވެ.

މަސައްކަތް ނިންމާފައި ގެއަށް ގޮސް ނުނިދި އުޅެނިކޮށް ކައުންސިލުން ނައިވާދޫ ކައުންސިލްގެ ކޮމިޔުނިޓީ ވައިބަރ ގްރޫޕްގައި، އެރަށުގެ ފުޓްސަލް ދަނޑުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދޫ ކުރަން ނިންމާފައިވާ ނިންމުން ބަދަލުކޮށް އެރަށުގެ މިސްކިތުގައި ޢީދު ނަމާދު ކުރަން ނިންމާފައިވާކަމަށް ކައުންސިލް ރައީސް މެސެޖެއްލިޔެ، ފޮނުވި ކަމަށް އެ ޒުވާނުން ބުންޏެވެ.

އެ ޒުވާނުން ވަނީ ކައުންސިލްގެ ރައީސްގެ އެ މެސެޖު ފެންނަ ސްކްރީން ޝޮޓެއް މި ނޫހާއި ހިއްސާކޮށްފައެވެ. އެ މެސެޖުގައި ކައުންސިލް ރައީސް ޢަލީ ރަޝީދު ވިދާޅުވެފައި ވަނީ އެ ގޮތަށް ނިންނީ ފުޓްސަލް ދަނޑުގައި ގަބުރު ހުންނާނެކަމަށް ބައެއް ދޮށީ އުމުރު މީހުން ބުނުމުން ކަމަށެވެ.

"ފުޓްސަލް ދަނޑުގައި ކުރަން ހަމަޖެހިފައިވާ ޢީދު ނަމާދު އެތަނުގައި ގަބުރު ހުންނާނެ ކަމަށް ދޮށީ އުމުރު މީހުން ބުނާތީ މާދަމާ ޢީދު ނަމާދު ކުރުން މަސްޖިދުލް އައްވާބީންއަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ." ރައީސްގެ އެ މެސެޖްގައި ވިދާޅުވެފަވެއެވެ.

މި ނޫހާ ވާހަކަދެއްކި ޒުވާން ވަނީ ރައީސް އެ ނިންމުން ނިންމީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ފުޓްސަލް ދަނޑުތައްޔާރުކޮށް ނިންމުމަށްފަހު ކައުންސިލް ރައީސް ގެއަށް ވަޑައިގެންފަހުން ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިތުރު ދެ މީހަކާއެކު ގޮސް ދެއްކި ވާހަކައެއްގެ ސަބަބުންކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

"މިސްކިތަށް ޢީދު ނަމާދުކުރުން ބަދަލު ކުރިކަމުގެ މެސެޖް ރައީސް ވައިބަރ ގްރޫޕްގައި ލިޔުއްވީ ރަށުގެ ގިނަ މީހުން ނިދާފައިތިއްބާ ރޭ މެންދަމު 1:11ގައި، އެކަމާ ނައިވާދޫ ޒުވާނުންގެ މެދުގައި ހެދިފައިވާ ވައިބަރ ގްރޫޕްގައި ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންފާޅުކޮށް ވާހަަކަ ދައްކާފައި" އެތަނުން ޒުވާނަކު ބުންޏެވެ.

ގަބުރު ހުރުމުގެ ސަބަބުން ޢީދު ނަމާދު ފުޓްސަލް ދަނޑުގައި ނުކުރަން ނިންމިއިރު އެ ދަނޑަކީ ނައިވާދޫގެ ދެ ޖިންސުގެ ޒުވާނުންނަށް އެކި ކުޅިވަރު މުބާރާތްތައް ބާއްވައި، ބޭނުން ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ދަނޑެއްކަން އެ ޒުވާނުން ފާހަގަ ކުރިއެވެ. އަދި އެރަށު ކައުންސިލުން ހިންގާ ޕްރީ ސްކޫލްގެ އެންމެފަހުގެ ދަސްވެނިމުން ވެސް ބާއްވާފައި ވަނީ އެ ދަނޑުގައި ކަމަށް އެ ޒުވާނުން ބުންޏެވެ.

މިއަދުގެ ޢީދު ނަމާދު ތިލަދުންމަތީގެ ބައެއް ރަށްރަށުގައި ވަނީ ބޮޑު ޖަމާއަތުގައި ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Thikahala kame ali rasheedh badhaleh nukuraane effadha kameh nethieh ali rasheedhakee bodujamaa athugai namaadhukurumah v bodah thaidhukuraa meehekah alhugandah kashavaru

  2. މިއާޓިކަލް އަކީ ރަށުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދަން ލިޔުނު އާޓިކަލް އަކާ ވަރަށް ވައްތަރު.

  3. ކައުންސިލް ގެ ރައީސް އެބުނާދޮށީ އުމުރު ގެ ބައެއް އެކަން ހުއްޱުވިލެއް ތަންކޮޅެއް އަވަހީ’ ނޫނީ ޔަގީން ނުވަނީބާ. ކައުންސިލް ރައީސް ގެ ޒިންމާއެއް ރައްޔިތުން ނައް އެކަން ޔަގީން ކޮއްދިނުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި