ފާއިތުވި ދެ ދުވަހުގެ ތެރޭގައި ތިލަދުންމަތީގެ ފަސް ރަށެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ޕްރޮޖެކްޓުތައް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

ތިލަދުންމަތީގެ ޕްރޮޖެކްޓުތައް ހިނގާ ގޮތް ބެއްލެވުމަށް އާޒިމް ކުރެއްވި ދަތުރުފުޅުގައި ފަސް ރަށެއްގެ 10 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ ބައްލަވާލައްވައިފިއެވެ.

Ad
rt

އެއީ ހއ. ދިއްދޫ އާއި ހއ. ހޯރަފުއްޓާއި ހއ. އިހަވަންދޫ އާއި ހދ. ކުޅުދުއްފުށި އަދި ހދ. ހަނިމާދޫގައި ކުރިއަށްދާ ޕްރޮޖެކްޓުތަކެވެ.

މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށްފަހު އާޒިމް ވަނީ އެ ކުންފުނީގެ މުވައްޒަފުން މިފަދަ ދަނޑިވަޅެއްގައި އަވަދިނެތި ކުރަމުން އަންނަ މަސައްކަތަށް ޝުކުރުއަދާ ކުރައްވައިފަ އެވެ.

އެމްޓީސީސީން ތިލަދުންމަތީގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ ތެރޭގައި އިހަވަންދޫ ބަނދަރުގެ މަސައްކަތާއި ފެރީ ޓާމިނަލުގެ މަސައްކަތާއި ހޯރަފުށީ ފެރީ ޓާމިނަލުގެމަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ހިމެނެއެވެ.